08 Jun 2014, 14:58
ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާމަން ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ އެ މަގާމަށް ރައީސް ޔާމީން މިއަދު އައްޔަން ކުރެއްވީ އަބްދުއްރަޝީދު ނާފިޒު ކަމަށެވެ.
ނާފިޒަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް އެމަގާމް ފުރުއްވި ބޭފުޅެކެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޭނާ އެ މަގާމުން ވަކިކުރެއްވި އެވެ.
ޑީއާރްޕީގެ ސެކްރެޓަރީ ޖެރެރަލްގެ މަގާމް ވެސް އަދާކުރައްވާފައިވާ ނާފިޒަކީ ރައީސް ޑރ. ވަހީދު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރު އެމަނިކުފާނުގެ "ގައުމައިގެން ކުރިއަށް ކޯލިޝަނު"ގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.