ވޯލްޑް ކަޕުގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީ ހުއްޓުވަން ބަޑިއެއް ބޭނުންވާ ކަމުގައި ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފި އެވެ.

ޕެރިސް ސެއިންޓް ޖާމެން އަދި ބްރެޒިލްގެ ކެޕްޓަނަށް ގިނަ ފަހަރެއްގެ މަތިން މެސީއާ ދެކޮޅަށް ކުޅެ އޭނާ ހުއްޓުވަން ގިނަ އުނދަގޫތަކަކާ ކުރިމަތިވެފައި ވެއެވެ. ޗެމްޕިއަންސް ލީގުގައި އޭސީ މިލާން އަދި ޕީއެސްޖީއަށް ކުޅެމުންދިޔަ އިރު، މެސީއާ ދެކޮޅަށް ތިއާގޯ ސިލްވާ ނުކުމެފައި ވެއެވެ.

"އަހަރެން ކިހިނެތް މެސީ ހުއްޓުވާނީ؟ އޭނާ ހަމައެކަނި ހުއްޓުވޭނީ ބަޑިއެއްގެ އެހީގައި،" ބްލޮކް މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ތިއާގޯ ސިލްވާ ބުންޏެވެ. "އިދިކޮޅު ޓީމުގެ ކުޅުންތެރިން ހޭލައްވައިލާ ކުޅުންތެރިއަކީ މެސީ. މިދިޔަ ސީޒަނުގެ އަނިޔާއަށް ފަހު، އޭނާ އަކީ ވޯލްޑް ކަޕުގައި ނުރައްކާތެރި ކުޅުންތެރިއަކަށް ވާނެ."

ދެކުނު އެމެރިކާގެ ދެ ވާދަވެރިން ވޯލްޑް ކަޕަށް ނުކުންނަ އިރު، މި ދެޓީމަކީ ވެސް މި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަކޮށްލެވޭ ދެ ޓީމެވެ. ގްރޫޕް އޭގައި ކްރޮއޭޝިއާ، މެކްސިކޯ އަދި ކެމަރޫނާ އެއް ފަޅިއެއްގައި ބްރެޒިލް އޮތްއިރު، އާޖެންޓީނާ އޮތީ ބޮސްނިއާ އެންޑް ހެރްޒެގޮވީނާ، އީރާން އަދި ނައިޖީރިއާއެކު ގްރޫޕް އެފްގަ އެވެ.