08 Jun 2014, 12:05
ފިނޭންސް މިނިސްޓްރީގެ ނާއިބު ކަމުގެ މަގާމު މާފަންނު އޯޝޭނިއާ މުޙަންމަދު ޒުހައިރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ޒުހައިރު ޢައްޔަނު ކުރައްވާފައި ވަނީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހިންގަވާ އެންމެ އިސްވެރިއެއްގެ ގޮތުގަ އެވެ.
ޒުހައިރު ކުރިން ހުންނެވީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމުގަ އެވެ.