07 Jun 2014, 16:59
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު އެމްޑީއޭ އަށް ސޮއިކުރައްވައިފި އެވެ.
އެމްޑީއޭގެ ނާއިބް ލީޑަރު އަލީ މައުރޫފް މިއަދު ސަން އަށް ވިދާޅުވީ އެ ދެ ބޭފުޅުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއީލް ޝަފީއު އާއި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއްތަލިބު ވެސް އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.
އެ ބޭފުޅުން އެމްޑީއޭ އަށް ސޮއިކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހައުސިންގް މިނިސްޓަރު މަގާމާ ހަވާލުވެވަޑައިގަތް އިރު އެ ޕާޓީން އެދުނު ކޮންމެ ވަގުތެއްގައި ސޮއިކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައިވާ ކަމަށާއި މިނިސްޓަރާއި އިތުރު ބޭފުޅުން އެ ޕާޓީއާ ގުޅިވަޑައިގަތީ ކުރު މުއްދަތުގައި އެ ޕާޓީން ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުން ކަމަށެވެ.