ދިރާގު ރޯޑު ރޭހުގައި ދުވަމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރަކަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ އިންޑިއާގެ ޑޮކްޓަރެއް ކަމުގައިވާ އަބީޝެކް ސިންހް އަށް ސްޓްރޯކެއް ޖެހުނީ ރޯޑުރޭސް ނިންމާލަނިކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ އިއްޔެ ހަވީރު ޑޮކްޓަރު އެޑްމިޓްކުރި ވަގުތު ހާލު ސީރިއަސް ކަމަށާއި ނަމަވެސް މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މިއަހަރު ދިރާގު ރޯޑުރޭސް ބާއްވާފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޝިއާރުގެ ދަށުންނެވެ. މިފަހަރުގެ ރޯޑު ރޭހުގައި 3،000 ދުވުންތެރިން ވަނީ ބައިވެރިވެފައެވެ.