07 Jun 2014, 13:25
ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅުމަށްފަހު، އެމީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގައި ޕީޖީ އޮފީހުގެ ލިޔުމެއް ހޯދަންޖެހޭ ގޮތަށް ހައިކޯޓުން ކަނޑައަޅާފައިފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ އެ ކޯޓުން މިއަހަރު ނިންމި ގަޒިއްޔާއެއްގައި ކަމަށެވެ.
ހައިކޯޓުން އެގޮތަށް ކަނޑައަޅާފައިވާތީ އެ އުސޫލަށް އަމަލުކުރަން މިހާރު ފަށާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.
"ތަހުގީގު ނިންމައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމަށްފަހު، ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު ހަމަވެ، އިތުރަށް ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދާއިރު ޕީޖީ އޮފީހުގެ ލިޔުމެއް ކޯޓަށް ގެންދަންޖެހޭ. ހައިކޯޓުން ކަނޑައެޅި އެ އުސޫލަށް ފުލުހުން މިހާރު ވަނީ އަމަލު ކުރަން ފަށާފައި،" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.