ވޯލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ޖަރުމަނު ކުޅުނު އެންމެ ފަހު މެޗްގައި އަރްމީނިޔާއާ ވާދަކޮށް 1-6 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި އިރު އެޓީމުގެ ރެއުސް އަށް އަނިވާޖެ އެވެ. މެޗްގެ 43 ވަނަ މިނިޓްގައި ރެއުސް އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ބައިނަލްއަގުވަމީ މުބާރާތަކުން ތަށްޓެއް ނުލިބޭތާ 18 އަހުރު ވެފައިވާ ޖަރުމަނު ޓީމުން ފެނިގެން ގޮސްފައި ވަނީ ވަރުގަދަ އެޓޭކިން ފުޓްބޯޅައެކެވެ. މެޗްގެ ހުރިހާ ގޯލްތަކެއް ފެނިގެން ގޮސްފަައި ވަނީ ދެވަަނަ ހާފްގައެވެ.

ޖަރުމަނުގެ ފުރަތަމަ ގޯލް ޖަހާފައި ވަނީ 52 ވަނަ މިނިޓްގައި ޕެޑޮލެސްކީ ދިން ބޯޅައަކުން އަންޑްރޭ ޝޫލާ އެވެ. އަރްމީނިޔާ އެއްވަރު ކުރި ގޯލް ޖަހާފައި ވަނީ 69 ވަނަ މިނިޓްގައި ޖަރުމަނުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޮޒިލް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ހިތްުތެޔަރެން އެވެ. ޖަރުމަނުގެ ދެވަނަ ގޯލް ޖަހާފައި ވަނީ 72 ވަނަ މިންޓްގައި އޮޒިލް ދިން ބޯޅައަކުން ޕޮޑެލްސްކީ އެެވެ.

ޖަރުމަނުގެ ތިންވަނަ ގޯލް ޖެހިގެން އައި މިނިޓްގައި އެޓީމަށް ކާމިޔާބު ކޮށް ދިނީ ހޮވަޑެސް އެވެ. ހަތަރުވަނަ ގޯލްޖަހާފައި ވަނީ ޕޮޑެސްލްކީ ދިން ބޯޅައަކުން ކުލޯސާ އެވެ. މި ލަނޑާއެކު ކްލޯސާ ވެގެން ގޮސްފައި ވަނީ ޖަރުމަނު ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަށެވެ. ކުރިން ގާޑް މުލާ ހާދާފައިވާ ރެކޯޑް ކްލޯސާ މުގުރާލީ 69 ގޯލް ޖަހައިގެންނެވެ. ޖަރުމަނުގެ ފަސް ވަނަ ލަނޑާއި ހަވަނަ ލަނޑު 82 މިނިޓާއި 89 މިނިޓްގައި ޖަހައިދިނީ މާރިޔޯ ގޮޓްޒާ އެވެ.

"އުންމީދު ކުރަނީ މާ ސީރިއަސް އަނިޔާއެށް ނޫންހެން. އެކަމަކު ފެންނަފެނުމަށް ވަރަށް ގޯސް. އެންމެ ފަހު ވަގުތާ ޖެހެންދެން ބެލުންއޮތީ،" މެޗަށްފަހު ރެއުސްގެ އަނިޔާއާ ގުޅޭ ގޮތުން ޖަރުމަނު ކޯޗް ލޯ ބުންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު ކުޅޭ ފުރަތަމަ މެޗް ކުޅެނީ ޖޫން 16ގައި ޕޯޗުގަލްއާ ދެކޮޅަށެވެ.