07 Jun 2014, 10:52
އެމްޓީސީސީގެ މެނޭޖިންގް ޑައިރެކްޓަރު ކަމުގެ މަގާމުން އަހްމަދު ޝިހާމް އަލީ ވަކިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް މުއާޒް މިއަދު "ސަން" އަށް ވިދާޅުވީ ޝިހާމްގެ ބަދަލުގައި މ. ރަނިކަ އަބްދުއްރައްޒާގް ހަލީމްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޕްރައިވެޓައިޒޭޝަން ބޯޑަށް ފޮނުއްވާފައިވާ ކަމަށެވެ.
"ޝިހާމް ހުންނެވި މަގާމަށް އަބްދުއްރައްޒާގް ހަލީމް ކިޔާބޭފުޅެއްގެ ނަން މިދިޔަ ބުރާސްފަތު ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮނުއްވާފަ،" މުއާޒް ވިދާޅުވި އެވެ.
ޝިހާމް އެމްޓީސީސީގެ މެނޭޖިންގް ދައިރެކްޓަރު ކަމަށް ހަމަޖެއްސެވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާ އަކީ 26.74 މިލިއަން ރުފިޔާ އެވެ. އަދި އާންމުންގެ 40 ޕަސެންޓާ އެކު ހިންގާ ކުންފުނީގެ ހިއްސާއަކަށް މިދިޔަ އަހަރުގެ ފައިދާ އިން 16 ރުފިޔާ ބެހުމަށް ވެސް ވަނީ ނިންމައިފަ އެވެ.