ގޭތެރެއަށް ބޭނުންވާ ސާމާނު ޔޫރަޕުން އެތެރެކޮށްގެން ވިއްކާ، އީވޯ ހޯމް އިން 70 އާއި ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އީވޯ ހޯމްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ރިޒްމާ ރަޝީދު މިއަދު ވިދާޅުވީ ރޯދަޔަށް ހާއްސަ ކޮށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ގޭތެރެއަށް ބޭނުންވާ ސާމާނުތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ފިހާރައިގައި ވިއްކަން މިހިރަ ސާމާނުތަކުގެ ތެރެއިން ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެ، އޭގެ ތެރެއިން ބައެއް ސާމާނުން 40 ޕަސެންޓް އަނެއްބައި ސާމާނުން 70 ޕަސެންޓް ޑިސްކައުންޓް ހިމެނޭ" ރިޒްމާ ވިދާޅުވި އެވެ.

އެ ފިހާރައިން ވިއްކާ މުދަލުގެ ތެރޭގައި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނާއި ގޭތެރޭގައި ހިފައި ގެންގުޅޭ ހުރިހާ ސާމާނެއް ހިމެނެއެވެ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ރޯދަމަހާ ހަމައަށެވެ.

އީވޯ ހޯމް އަށް މުދާ ގެންނަނީ ޖަރުމަނުންނާއި އިޓަލީގެ އިތުރުން ހޮލެންޑާއި ސްޕެއިން ފަދަ ޔޫރަޕުގެ ގައުމުތަކުންނެވެ.