ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިފަހަރު ވާދަކުރާ އާޖެންޓީނާގެ ޓީމު ހުރިހާ ގޮތަކުން ވެސް ވަރުގަދަވާނެ ކަމަށް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ އެހެން ބުނެފަ ވަނީ ޓިރްނިޑާޑް އެންޑް ޓޮބޭގޯ ވާދަކޮށް 0-3 މޮޅުވި މެޗަށްފަހުގަ އެވެ.' މެސީ ބުނި ގޮތުގައި މިވަގުތު ހުރިހާ ވިސްމެއް އޮތީ ވޯލްޑްކަޕަށް ކަމަށާއި ކޮންމެ މެޗެއްގައި ވެސް މޮޅު ކުޅުން ދައްކަން ޖެހޭ ކަމަށެވެ. ޓީމުގެ ކުޅުންތެރިން ކުޅެނީ އަނިޔާއެއް ނުވާނެ ގޮތް ބަލައިގެން ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް ސީރިއަސްވެ މޮޅުވާން ބޭނުންވާ ކަމެށެވެ.

"އަހެރެން ގަބޫލްކުރާ ގޮތުގައި އަހެރެމެން ޓީމު މި ވަނީ ވަރަށް ވަރުގަދަވެފައި. އަހުރެމެން ޓީމުގައި ރަނގަޅަށް ކުޅޭ ވަރުގަދަ ކުޅުންތެރިންތަކެއް ހިމެނޭ. ތާރީހު ދައްކާ ގޮތުން އަހެރެމެން ފުރަތަމަ މެޗްގައި އެހާ ރަނގަޅަކަށް ނުކުޅެވޭ. އަހަންނަކަށް ހިޔެއްނުވޭ މިފަހަރު އެކަން ތަކުރާރުވާނޭހެން. އަހެރެމެން ފުރަތަމަ މެޗު ފަސޭހަކޮށް ނުލާނަން،" އާޖެންޓީނާ ޓީމުގެ ކެޕްޓަން ލިއިނޮލް މެސީ ބުންޏެވެ.

އާޖެންޓީނާ ވޯލްޑްކަޕްގަ ކުޅޭ ފުރަތަމަ މެޗްގަ ބައްދަލުކުރާނީ ޖޫން 15 ވަނަދުވަހު ބޮސްނިޔާއެވެ. މިހާތަނަށް އާޖެންޓީނާއަށް ވޯލްޑްކަޕް 2006 އަދި 2010 މެސީ 571 މިނިޓް ދަނޑުމަތީގެ ހުރެގެން ޖެހިފަވަނީ އެންމެ ގޯލްއެކެވެ.