06 Jun 2014, 18:13
ވޯލްޑްކަޕަށް ތައްޔާރުވުމެގެ ގޮތުން އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން 0-3 ލަނޑުން ޓިރްނިޑާޑް އެންޑް ޓޮބޭގޯ ބަލިކޮށް އަމިއްލަރަށުގައި ބަލިނުވެ ހިފަހައްޓަމުންއައި ރިކޯޑް ދަމަހައްޓަފި އެވެ.
ބޮއިނެސް އައަރީސްގަ ކުޅުނު މެޗްގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އޭންޖަލް ދި މަރިޔާ ދިން ބޯޅައަކުން ޕަލަސިއޯއެވެ. އޭނާއަށް މެޗްގައި ފުރަތަމަ އެގާރައިން ޖާގަ ލިބިފަަ ވަނީ އާންމުކޮށް ފުރަތަމަ 11 އަށް ކުޅުމެން އަންނަ ގޮންޒާލޭ ހިގިއުނަށް ކުޑަހާނިކައެއް ލިބުމުންނެވެ. ދެ ވަނަ ގޯލްޖެހީ މެޗްގެ 51 ވަނަ މިނެޓްގައި މެޝެރާނޯ އެވެ. މެޗްގެ ތިން ވަނަ ގޯލް ޖަހާފަވަނީ 64 ވަނަ މިނިޓްގަ މެކްސީ ރޮޑްރިގޭޒް އެވެ. މި މެޗްގަ ގިނައިރު ބޯޅަހިފައްޓާގެން ކުޅެ ގިނަ ހަމަލާތެކެއް ގޯލާ ހަމަޔައް ފޮނުވާލާފަ ވަނީ އާޖެންޓީނާއިންނެވެ. މެޗްގައި އާޖެންޓީނާގެ ކެޕެޓަން ލިއިނޮލް މެސީއަށް ލަނޑު ޖާހާނެ ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރުވެގެން ގޮސްފައިވެ އެވެ.
އާޖެންޓީނާގެ ވޯލްޑްކަޕް ތައްޔާރުވުގެ ގޮތުން ކުޅޭ އެންމެ ފަހު މެޗްގަ މާދަމާ ބައްދަލުކުރާނީ އަމިއްލަ ގައުމަގައި ސްލޮވޭނިޔާ ދެކޮޅަށެވެ.