06 Jun 2014, 15:32
ބްރެޒިލްގައި އަންނަ ބުރާސްފަތި ދުވަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން މެކްސިކޯއާއި ދެކޮޅަށް ޕޯޗުގަލް މާދަމާ ރާއްޖެ ގަޑިން ހަވީރު 5:30 ގައި ކުޅޭ މެޗުގައި ހުނަރުވެރި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅޭނެ ކަމަށް ޕޯޗިގަލްގެ ކޯޗް ޕައުލޯ ބެންޓޯ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް އޭ ފަޅިން ވާދަކުރާ މެކްސިކޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުގައި ޕޯޗުގަލް ކޯޗް ޕައުލޯ ބުނީ، ޓީމުގެ މުހިންމު ކުޅުންތެރިޔާ ރޮނާލްޑޯ މާދަމާގެ މެޗުގައި ނުފެންނާނެ ކަމަށާއި އޭނަގެ ފަޔަށް އަނިޔާވެފައި ވުމުން ޑޮކްޓަރުންގެ ލަފާގެ މަތިން އޭނަ އިންނާނީ މެޗް ބަލަން ކަމަށެވެ. އަދި ރޮނާލްޑޯއަށް ލިބިފައި ވާނީ ކިހާވަރެއްގެ ސީރިއަށް އަނިޔާއެއް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ޕައުލޯ ބުންޏެވެ.
ފައުލޯ ބުނީ، މިފަހަރުގެ މުބާރާތުގައި ޕޯޗުގަލް ހިމެނިފައި ވަނީ ވަރަުގަދަ ގްރޫޕެއްގައި ކަމަށާއި މުބާރާތުގެ ފުރަތަމަ މެޗުގައި މިމަހުގެ 16 ވަނަ ދުވަހު ޖަރުމަނާ ދެކޮލަށް ނުކުންނަންއިރު ރޮނާލްޑޯއަށް ކުޅެވޭނެ ކަން ޔަގީން ވާނީ އަދި ހަފްތާއެއް ފަހުން ކަމަށް ޕައުލޯ ބުންޏެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ޕޯޒިގަލް ހިމެނެނީ ގްރޫޕް ޖީ ފަޅީގައެވެ. އެފަޅީގައި ދެން ހިމެނޭ ޓީމް ތަކަކީ އެމެރިކާ އާއި ގާނާ އަދި ޖަރުމަނެވެ.
ޕޯޗުގަލްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން އިއްޔެ ބުނެފައި ވަނީ، ޓީމުގެ ކެޕްޓަން ރޮނާލްޑޯއަށް އަނިޔާވެފައި ވަނީ އޭނަގެ ވާތު ފަޔަށް ކަމަށާއި އަދި އޭނގެ އިތުރުން ޓީމުގެ މުހިންމު ޑިފެންޑަރު ޕެޕޭ އަދި މިޑްފިލްޑަރު ރައުލް އަށް ވެސް ވަނީ އަނިޔާ އާއި ކުރިމަތި ލާންޖެހިފައެވެ.