މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާ އިރު މި އަހަރުގެ މެއި މަހު ރާއްޖެ އަށް މުދާ އެތެރެކުރި މިންވަރު 19 ޕަސެންޓް އިތުރުވެފައިވާ އިރު، ރާއްޖެ އިން މުދާ އެކްސްޕޯޓް ކުރި މިންވަރު 33 ޕަސެންޓް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް 190 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު މި އަހަރުގެ ޖުލައި މަހު 252 ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު އާމްދަނީގެ ގޮތުގައި 129.10 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއަހަރުގެ މެއި މަހު މިއަދަދު ވަނީ 153.2 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ހުސްވި މާޗް މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ތެލުގެ ބާވަތްތަކެވެ. އެއީ 810.8 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތަކެވެ. ދެ ވަނައަށް އެންމެ ގިނައިން އެތެރެކުރީ ކާބޯތަކެތީގެ ބާވަތްތަކެވެ.

އެކްސްޕޯޓް ކުރި މިންވަރަށް ބަލާ އިރު، މިދިޔަ މެއި މަހު 111 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާ އިރު މިދިޔަ އަހަރުގެ މެއި މަހު ވަނީ 320 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފަ އެވެ.

މުދަލުގެ އަގަށް ބަލާއިރު ފާއިތުވި މެއި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ތިން ގައުމަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ސިންގަޕޫރުގެ އިތުރުން އިންޑިއާ އެވެ.

މިއަހަރުގެ މެއި މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ 62 ޕަސެންޓް އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށެވެ. ދެން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ ފްރާންސް އަދި ސައުތު ކޮރެއާ އަށެވެ.

މާޗްމަހު ކަސްޓަމްސް އަށް ޑިއުޓީ އާއި އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ ވަނީ 12 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗް މަހު 124 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު މިއަހަރު ވަނީ 139 މިލިއަން ރުފިޔާ ލިބިފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު ނިމިގެންދިޔަ މެއި މަހު ކަސްޓަމްސް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 2013 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 19 ޕަސެންޓް އިތުރުވެފައެވެ. މިއަހަރުގެ މެއި މަހު އާމްދަނީގެ ގޮތުގައި 153.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.