އަވައްޓެރި ސްރީލަންކާގައި ކުރި ތަމްރީން ދަތުރަށްފަހު ސިންގަޕޫރުގައި އިއްޔެ ފެށި އޭސީސީ އެލީޓް ކުރިކެޓް މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ކުރިކެޓް ލަންކާ މަގުން މިއަދު ސިންގަޕޫރަށް ހިނގައްޖެ އެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގައި ކުރިއަށްދާ މުބާރާތައް ތައްޔާރުވުމަށްޓަކައި ގައުމީ ކުރިކެޓް ޓީމުން ލަންކާއަށް ކުރި ދަތުރުގައި އެގައުމުގެ ޓީމް ތަކާއެކު ވަނީ ރަހުމަތް ތެރި ކަމުގެ ހަތަރު މެޗެއް ކުޅެފައެވެ.

ކުރިކެޓް ބޯޑުން ބުނީ، ލަންކާއަށް ކުރި ދަތުރުގެ ސަބަބުން މުބާރާތުގައި ވާދަކުރުމަށް ޓީމަށް އާހިތްވަރެއް ލިބުނު ކަމަށާއި މުބާރާތުން ކާމިޔާބީއެއް ހޯދަން ޓީމް އޮތީ ތައްޔާރަށް ކަމަށެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮލަށެވެ. ދެ ވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ބަހްރޭނާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ނުކުންނާނީ ކުވައިތާ ދެކޮޅަށެވެ. އަދި އަންނަ މަހުގެ ބުދަ ދުވަހު ސައުދިއެރޭބިޔާ އާއި ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.

މުބާރާތުގައި ވާދަކުރާ ގައުމީ ކްރިކެޓް ޓީމްގެ ސްކޮޑް:

1. އަހްމަދު އަފްޒަލް ފާއިޒް – ކެޕްޓަން
2. ސަފްރާޒް ޖަލީލް – ވައިސް ކެޕްޓަން
3. އަބްދުﷲ ޝާހިދު
4. މުހަންމަދު އައްޒާމް
5. މުހަންމަދު ރިސްވާން
6. މުހަންމަދު ސާފީ ސައީދު
7. މުހަންމަދު މަހަފޫޒު
8. ހަސަން އިބްރާހިމް
9. ހަސްނަ ހާޒިގް ރަސީދު
10. އަހްމަދު އަމީލް މައުރޫފް
11. މިހުސާން ހާމިދު
12. އަހްމަދު އުމަރު ޖަމާލް
13. އަހްމަދު ހަސަން
14. އަހްމަދު ނީސާމް ނާސިރު

އޮފިޝަލުން
- ބްރެންޑަން ކުރުޕޫ – ކޯޗް
- ފަރުހަތު ޖަލީލް – މެނޭޖަރު
- މާދިހު އިސްމާއިލް - ފިޒިއޯ