05 Jun 2014, 20:28
ޔޫތު މިނިސްޓަރުގެ ނާއިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަން ކުރައްވާފައިވާ މ. ޖަވާހިރުވިލާ ޝާހު އިސްމާއިލެވެ.
ގައުމީ ޓީމްގެ ކެޕްޓަންކަން ވެސް ކުރައްވާފައިވާ ޝާހު އަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ސްޕޯޓްސް އެޑްވައިޒަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.