ޕެނަލްޓީއަށް ނާކާމިޔާބު އިނގިރޭސިން ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ހާއްސަ ތަމްރީނުތެކެއް ޕެނެލްޓީތަކަށް ފަރިތަކުރަމުން ކަމަށް އެޓީމް ކެޕްޓަން ސްޓީވަން ޖެރާޑް ބުނެފި އެވެ.

މިހާތަަނަށް ވޯލްޑްކަޕެއްގައި ޕެނެލްޓީ ޖަހައިގެން ނެރުވެނު އެންމެ ގޯސް ނަތީޖާގެ ރެކޯޑް އޮތީ އިންގްލެންޑް އަތުގައެވެ. އެގޮތުން ތިން ވޯލްޑް ކަޕެއްގައި ޕެނެލްޓީއާ ހަމައަށް ގޮސް، އެހާ ހިސާބުން އިނގިރޭސީންނަށް ނާކާމިޔާބާއި ކުރިމަތިލަ އެވެ. ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގެ ތެރެއިން އެންމެ ފަހުން އިންގްލެންޑް ވާދަކުރި 10 މުބާރާތުގެ ތެރެއިން ހަ މުބަރާތުން އަލްވަދާއު ކިޔަން ޖެހިފައި ވަނީ ޕެނެލްޓީ ޖަހައިގެން ބަލިވެގެންނެވެ.

"އަހެރެމެންނަށް 90 މިނިޓް ތެރޭގައި ވަރަށް މޮޅައް ކުޅެވޭ. އަދި ހަމަ 120 މިނިޓް ތެރޭގައި އެބަ ހިފަހައްޓައިލެވޭ. ޕެނެލްޓީއާ ހިސާބުން މި ގޯސްވަނީ. މި ފަހަރު ވަރަށް ރަގަޅަށް އެބަ ތައްޔާރުވެވޭ،" ޖަރުމަނުގައި 2006 ވަނަ އަހުރުގެ ބޭއްވި ވޯލްޑްކަޕްގެ ކުއާޓަރަ ފައިނަލުގެ ޕެނެލްޓީ ޝޫޓްއައުޓުގައި ޕެނެލްޓީ ނާކާމިޔާބުކޮށްލި ޖެރާޑް ބުންޏެވެ. "ވޯލްޑް ކަޕް 2006ގެ ތަޖުރިބާއިން ފިލާވަޅުތަކެއް ހާސިލްކުރެވުނު. އެއީ ވަރަށް އުނދަގޫކުރުވި މާހައުލެއް،"

އިނގިރޭސިން ވަނީ 1990 ، 1998 ، 2006 ވޯލްޑް ކަޕްގައި ޕެނަލްޓީ ޖަހައިގެން ބަލިވެފައެވެ. އެންމެ ފަހުން އިނގިރޭސިންނަށް ޕެނެލްޓީ ޖަހައިގެން މެޗެއް ކާމިޔާބު ކުރެވިފައި ވަނީ 1996 ވަަނަ އަހަރުގެ ޔޫރޯ ފުުުުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިން އާއި ވާދަކޮށްގެންނެވެ. ނަމަވެސް އެ މުބަރާތުގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން ޕެނެލްޓީ ޖަހައިގެން އިނގިރޭސިން ވަނީ ބަލިވެފައެވެ. އެންމެ ފަހުން 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން އިނގިރޭސިން ކެޓީ ޕެނެލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވެގެންނެވެ.