މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ރިޕޯޓު ދިނުމަށްފަހު އެއް ހަފްތާއަށް ސުކޫލްތައް ބަންދުކޮށްފި އެވެ.

ދަރިވަރުންނަށް ފުރަތަމަ ޓާމަށް ފަހު ހަފްތާގެ ޗުއްޓީއެއް މިއަދުން ފެށިގެން ލިބުނުއިރު، އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފަހު ޓާމުގެ ކިޔެވުން ފަށާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ޖެނުއަރީ 14 ވަނަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވާއިރު، މިއަހަރުގެ ފުރަތަމަ ޓާމުގެ މިޑްޓާމަށް ސްކޫލްތައް ބަންދުކޮށްފައިވަނީ، މާޗް މަހުގެ 23 އިން 27 އަށެވެ.

މިއަހަރުގެ ފުރަތަމަ ޓާމްގައި 95 ދުވަހު ކިޔަވައިދީފައިވާއިރު، ފުރަތަމަ ޓާމުގެ އިމްތިހާން ކުރިއަށް ގެންގޮސްފައިވަނީ، މިިދިޔަ މަހުގެ 18 އިން 29 އަށެވެ.

އަހަރުގެ ފަހު ޓާމުގެ ކިޔެވުން މިމަހުގެ 15 ވަނަ ދުވަހު ފަށާއިރު، ފަހު ޓާމުގެ މިޑްޓާމަށް ބަންދުކުރާނީ އޮގަސްޓް މަހުގެ 24 އިން 28 އަށެވެ. އަދި ދެވަނަ ޓާމުގެ އިމްތިހާން 29 އޮކްޓޯބަރުގައި ފަށާނެ އެވެ.

މިއަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ނިމި، ސްކޫލްތައް ބަންދުކުރާނީ 21 ނޮވެމްބަރުގަ އެވެ.