ވޮލޯޑްކަޕް ތައްޔާރުވުމުގެ ގޮތުން ވޭލްސްއާ ދެކޮޅަށް ކުޅެ 0-2 ލަނޑުން ހޮލެންޑް މޮޅުވި އެކުވެރިކަމުގެ މެޗުގައި އެ ޓީމުގެ ކެޕްޓަން ރޮބިން ވެންޕާސީ އަށް އަނިޔާވެއްޖެ އެވެ.

އެމެސްޓެޑަމް އެރީނާގަ ރޭ ކުޅުނު މެޗުގައި ހޮލެންޑްގެ ފުރަތަމަ ލަނޑު 32 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ގެން ރުބެން އެވެ. ހޮލެންޑްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަނިޔާވި ވެންޕާސީގެ ބަދަލުގަ ކުޅެން ނުކުތް ލެންސް އެވެ.

ވެންޕާސީގެ އަނިޔާ ގުޅޭގޮތުން ހޮލެންޑް ކޯޗު ލުއިސް ވެން ހާލް ބުނީ އެއީ އެހާ ސީރިއަސް އަނިޔާއެއް ނޫން ކަމަށާއި އެއީ އުކުޅުވަޅަށް ދިމާވި ކުޑަ ހާނިކައެއް ކަަމަށެވެ.

"ވެންޕާސީގެ އަނިޔާ އެހާ ސީރިއަސް އެއް ނޫން. ފަހު ހާފްގަ ބަދަލުކުރީ އަނިޔާގެ ހުރެގެން ކުޅުވަން ބޭނުން ނުވާތީ ރިސްކެއް ނުނަގަން ވެގެން. ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި ސްޕެއިންއާ ދެކޮޅަށް ހޮލެންޑް ނުކުންނަ މެޗަށް ވެންޕާސީ ފިޓްވާނެ،" ލުއިސް ވެން ހާލް ބުންޏެވެ.

ހެލޮންޑް ވޯލްޑްކަޕްގެ ކުޅޭ ފުރަތަމަ މެޗްގަ ބައްދަލުކުރާނި ޖޫން 13 ވަނަ ދުވަހު އެންމެ ފުހެގެ ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށެވެ. ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ފައިނަލުގައި މި ދެޓީމް ބައްދަލުކޮށްފައި ވެއެވެ.