އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

އެމްޑީޕީގެ ވަގުތީ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިއަދު ވަނީ އެ ޕާޓީގެ ރައީސްކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ނަންގަވާފަ އެވެ. އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލުމަށް ނިންމަވާފައިވާ ކަމަށާއި ޕާޓީގެ މެމްބަރުން އެމަނިކުފާނަށް ތާއިދުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.




އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށާއި އަދި ނައިބް ރައީސް ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހާތަނަށް އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތި ލައްވާނެކަން އިއުލާން ކުރައްވާފައުި ވަނީ ރައީސް ނަޝީދު އެކަންޏެވެ. އަދި ނައިބު ރައީސް ކަމަށް ކުރިމަތިލުމުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވެސް ވަނީ ނިންމާފަ އެވެ.