ކިޑުނީގެ ބަލިތައް ދެނެގަތުމަށް ހަދާ ކިޑްނީ ބަޔޮޕްސީ ޓެސްޓެއް އައިޖީއެމްއެޗުގައި ހަދައިފި އެވެ.

ސަރުކާރުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ކިޑްނީގެ ބަޔޮޕްސީ ޓެސްޓެއް އައިޖީއެމްއެޗްގައި ފުރަތަމަ ފަހަރަށް ހަދާފައި ވަނީ އިއްޔެ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އެ ހޮސްޕިޓަލްގެ ޑރ. އަހުމަދު ޝިހާމް އާއި ޑރ. އައިމިނަތު ނަޒީރުއެ ދެ ޑޮކްޓަރުންގެ ޓީމަކުން ކަމަށެވެ.

ކިޑްނީ ބަޔޮޕްސީ ހެދުމަކީ ހަށިގަނޑުގައި އަޅާ ކުޑަ ލޯވަޅަކުން ޓިޝޫކޮޅެއް ނެގުމަށް ފަހު އެ ޓިޝޫކޮޅު މެދުވެރިކޮށް ކިޑްނީ އަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ހޯދާލުމަށް ގުޅުމުން މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ވަނީ ލިބޭގޮތް ނުވެފަ އެވެ.