04 Jun 2014, 13:09
އަންނަ އަފްތާގެ ބުރާސްފަތި ދުވަހު ފެށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ބްރެޒިލުން ކުޅުނު އެކުވެރިކަމުގެ މެޗު ޕެނެމާ އަތުން 0-4 ބްރެޒިލް މޮޅުވެއްޖެ އެވެ.
އެ މެޗްގެ ފުރަތަމަ ގޯލް ބްރެޒިލަށް ޖަހައިދިނީ ނޭމާ އެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ މެޗުގެ 27 މިނިޓް ޖަހައިދިން ހިލޭޖެހުމަކުނެވެ. ޕެނެލްޓީ އޭރިޔާގެ ބޭރުން ޑީ އޭރިޔާގެ އަރިމަތިން ފޮނުވާލީ ބޯޅަ ގޮސްވަނީ ގޯލްގެ މަތީ ކަނަށެވެ. މިއީ ނެމޭގަ ކެރިއަރުގަ އޭނާ ކާމިޔާބުކުރި 200 ވަނަ ލަނޑެވެ. އަދި ގައުމީ ޓީމަށް ޖަހައިދިން 31 ވަނަ ލަނޑެވެ.
ބެރެޒިލްގެ އެސްޓިޑީއޯގައި ކުޅުނު މެޗުގެ ދެވަނަ ގޯލް ޖަހާފައި ވަނީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އޮސްކާ ދިން ބޯޅައަކުން ޑެނީ އަލްވޭސްއެވެ. ބްރެޒިލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްފައި ވަނީ ފަހު ހާފު ފެށިގެން ފުރަތަމަ މިނިޓްގެ ތެރޭގަ ނޭމާ ދިން ބޯޅައަކުން ހަލްކެވެ. ހަތަރުވަނަ ގޯލަކީ ބްރެޒިލްގެ މެކްސްވެލް ދިން ބޯޅައަކުން ވިލިއަން ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ވޯލްޑްކަޕް ފެށެން އަށް ދުވަހަށް ވެފަވާއިރު، މިއީ މާޗް މަހުގެ ފަހުން ބްރެޒިލުން ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗެވެ. ރޭގެ މެޗުގަ ބްރެޒިލް ކުޅުނީ 1-3-2-4 ސިސްޓަމަށެވެ. މެޗުގެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމެވެސް ބެރެޒިލް އަށް މާގިނަ ހަމަލާތަކެއް ގޯލާއި ދިމާލަށް އަމާޒުކުރެވިފައެއް ނުވެއެވެ.
މިމަހުގެ 12 ވަނަ ދުވަހު ބްރެޒިލް ވޯލްޑްކަޕްގެ ފުރަތަމަ މެޗުގަ މެސްކޯއާ ބައްދަލުކުރުމުގެ ކުރިން އެކުވެރިކަމުގެ ފަހު މެޗުގައި އަންނަ ހުކުރުދުވަހު ނުކުންނާނީ ސާބިޔާ އާ ދެކޮޅަށެވެ.