ސިވިލްސާވަންޓުންގެ ރޯދަ އިނާޔަތް މިމަހުގެ 22 ވަނަ ދުވަހާއި 23 ވަނަ ދުވަހު ދޫކުރުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މުސާރައިގެ ތިންބައިކުޅަ އެއްބަޔަކީ 2000ރ. އިން މަދު އަދަދެއް ނަމަ ލިބޭނީ 2000ރ. ކަމަށާއި އެ މީހެއްގެ މުސާރައިން ތިންބައިކުޅަ އެއްބަޔަކީ 10000ރ. މަތީ ނަމަ އެމީހަކަށް ލިބޭނީ 10000ރ. ކަމަށެވެ.

ވަޒީފާއާއިބެހޭ ގާނޫނު ބުނާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި އެ މީހެއްގެ މުސާރައިގެ ތިންބައިކުޅަ އެއްބައި ދޭންޖެހެ އެވެ.

ގާނޫނުގައި ބުނާ ގޮތަށް އިނާޔަތުގެ ފައިސާ ދޭ ފަހުން ރޯދަ މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް އެ މީހަކު ވަޒީފާއިން ވަކިވެއްޖެނަމަ ވަކިވި ދުވަހާއި ހަމައަށް ފިޔަވައި ދެން ހުރި އަނެއް ބައި އެ މީހެއްގެ އަތުން ހޯދައި އަނބުރާ ޖަމާކުރަން ވެސް ފިނޭންސުން ވަނީ އަންގާފަ އެވެ.

ވަޒީފާއާ ރޯދަ މަހު ގުޅޭ މުވައްޒިފެއް ނަމަ އެ މީހާ މަސައްކަތްކުރާ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށްޖެހޭ ވަރެއްބަ ލައި އިނާޔަތުގެ ގޮތުގައި އެ އަދަދަށް ފައިސާ ދިނުމަށް ވެސް އަންގާފައި ވެއެވެ.

އެ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދެއްވުމަށް ދައްނަވާ ކަމަށެވެ.