އެމްޑީޕީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ސްރިލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސެ ރޭގަނޑުގެ ފަރިއްކޮޅެއް ބާއްވަވައިފިއެވެ.

ކޮޅުނބުގައި ހުންނަ ސްރީލަންކާގެ ރައީސްގެ ރަސްމީ ގަނޑުވަރުކޮޅުގައި ރޭ ބޭއްވެވި އެ އިއްތިފާލުގައި ސްރިލަންކާގެ ސަރުކާރުގެ އިސްވެރިންނާއި ރައީސް ނަޝީދުގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ރަސްމިއްޔާތަށްފަހު ރައީސް ނަޝީދު ވިދާޅުވީ ސްރީލަންކާގެ ހަމަޖެހުމާއި ބައިނަލް އަގުވާމީ ކަންކަމުގައި ސްރިލަންކާއަށް ރާއްޖެއިން އެއްބާރުލުން ހާމަކުރުމަކީ އެމްޑީޕީ އިން އިސްކަންދޭ ކަންކަން ކަމަށެވެ.