03 Jun 2014, 17:04
ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕުގައި ވާދަކުރާ ބޮސްނިއާ-ހެރްޒެގޮވީނާގެ ސްކޮޑު އިއުލާން ކޮށްފި އެވެ.
މި މަހު 12 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ބޮސްނިއާ ސްކޮޑުން ޖާގަ ގެއްލުނު ހަމައެކަނި ކުޅުންތެރިއަކީ އެމެރިކާގައި ކުރާ ޓްރެއިނިންގް ކޭމްޕަށް ވިސާ ހަމަނުޖެހުނު އެރްވިން ޒުކަނޮވިޗް އެވެ. ބޮސްނިއާ ސްކޮޑުން ޖާގަ ނުލިބުމުން ޒުކަނޮވިޗް ވަނީ ބޮސްނިއާ ފެޑެރޭޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
ސަފެޓް ސުސިޗްގެ ކޯޗުކަމުގެ ދަށުގައި ކުޅެމުންދާ ބޮސްނިއާ އަށް ވޯލްޑް ކަޕުގެ ޖާގައެއް ހޯދީ ކޮލިފައިންގައި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މުބާރާތުގެ ގްރޫޕް އެފްގައި ބޮސްނިއާ ނުކުންނަން ޖެހޭނީ އާޖެންޓީނާ، ނައިޖީރިއާ އަދި އީރާނާއި ދެކޮޅަށެވެ.
ބޮސްނިއާގެ 23 ކުޅުންތެރިންގެ ސްކޮޑު:
ގޯލްކީޕަރުން: އަސްމިރް އަވްޑުވިޗް، އަސްމިރް ބެގޮވިޗް، ޖޭސްމިން ފެޒްޖިޗް
ޑިފެންޑަރުން: މުހައްމަދު ބެސިޗް، އެރްމިން ބިޗަކްޗިޗް، ސީޑް ކޮލަސިނަޗް، އެމިރް ސްފަހިޗް، ޓޯނީ ސަންޖިޗް، އޮގެންޖެން ރަންޖޭސް
މިޑްފީލްޑަރުން: އަނެއްލް ހަޑްޒިޗް، އިޒެޓް ހަޖްރޮވިޗް، ސެނިޖެޑް އިބްރިޗިޗް، ސެނަޑް ލުލިޗް، ހަރިސް މެޑުންޖަނިން، ޒުޖެޒްޑަން މިސިމޮވިޗް، މެންސޫރް މުޖްޑިޒާ، މިރާލެމް ޖަނިޗް، ސެޖަޑް ސަލިހޮވިޗް، ޓީނޯ ސުސިޗް، އެޑިން ވިސްޗާ، އަވްޑިޖާ ވުރްސަޖެވިޗް
ފޯވަޑުން: އެޑިން ޖެކޯ، ވެޑާޑް އިބިސެވިޗް