މީޑިއާނެޓުގެ މުވައްޒަފަކު އޮޅުވާލައިގެން އެކުންފުނިން 975،000 ޑޮލަރު (15 މިލިއަން ރުފިޔާ) ނެގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، މިވަގުތު އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

"އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން މީޑިއާ ނެޓުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.