ވޯލްޑްކަޕަށް ތައްޔާރުވުގެ ގޮތުން މިހާރު އެމެރިކާގެ ފްލޮރިޑާގައި މިހާރު ތަމްރީން ހަދަމުންދާ، ޖަޕާނުން ކުޅުނު އެކުވެރި ކަމުގެ މެޗް 3-1 ކޯސްޓަރީކާގެ މައްޗަށް ކުރިހޯދާފިއެވެ.

ފްލޮރިޑާގަ ރެމަންޑް ޖެމްސް ސްޓޭޑިއަމްގަ ކުޅުނު މިމެޗް ޖަޕާނުން ކާމިޔާބުކުރީ ކޯސްޓްރީކާއިން ގޯލެއް ޖަހާފާވަނިކޮށް ފަހަތުން އަރާ ތިން ގޯލް ޖަހައިގެންނެވެ.

މި ދެޓީމަކީ ވެސް މިފަހަރުގެ ވޯލްޑްްކަޕްގަ ވާދަކުރާ ދެޓީމެވެ. ޖަޕާން ވާދަކުރާނީ ގުރޫޕް ސީގަ އެވެ. ކޮސްޓަރިކާ ވާދަކުރާނީ ގުރޫޕް ޑީ ފަޅިންނެވެ. މިމެޗެގް ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ކޮސްޓަރިކާއިންނެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮއްދިނީ މެޗްގެ 31 މިނިޓްގަ ޕިއެސްވީގެ ފޯވާޑް ބްރައިން ރުއިޒް އެވެ.

މެޗްގެ ފަހުހާފުގައި ޖަފާނުން ނަތީޖާ އެއްވަރު ކޮއްދިނީ 60 މިނިޓްގައި ހޮންޑާދިން ޕާހަކުން ގަންބާއޮސާކާގެ މިޑްފީލްޑް ކުޅުންތެރިޔާ އެންޑޯއެވެ. ޖަޕާނަށް މެޗްގެ ލީޑް ނަގާދިނީ އޭގެ 20މިނިޓް ފަހުން މެންޗެންސްޓާ ޔުނައިޓްޑެ ތަރި ޝިންޖީ ކަގަވާ އެވެ. ޖަޕާނުގެެ 3 ވަނަގޯލް ޖަހަދިނީ މެޗްގެ ނުވަދިހަ މިނިޓްގެ ކުޅުންހަމަވެގެން ދިން އިތުރުވަގުތުގެ ތެރޭގަ ކަކިޓަނީއެވެ.

މެޗްގައި ޖަޕާނުގެ ކޯޗް އަލްބާޓޯ ޒަކިރިނީ ބުނީ މޮޅުވުމުގަ ޓީމްކުޅުނު ސްޓައިލާއި ޕާސްގޭމް ފާހަގަކުރެވޭކަމަށާއި ޖަޕާން ކުޅުނީ ސްމާޓް ފުޓްބޯޅައެކަމަށެވެ.

މެޗްގައި ގިނަހަމަލާތަކެއް އުފައްދައި ބޯޅަކޮންޓްރޯލް ކޮއްގެން ކުޅުނީ ކޮސްޓްރީކާކަން ފާހަގަކޮއްލެވެއެވެ.

ޖަޕާނުން ވޯލްޑްކަޕަށް ބްރެޒިލްއަށް ދިއުމުގެ ކުރިން ހުކުރުދުވަހު ޓެމެޕާގަ ޒެމްބިއާ ދެކޮޅައް ރަހުމަތްތެރި ކަމުގެ މެޗެއްކުޅޭނެއެވެ. ހުކުރު ދުވަހު ކޮސްޓާރިކާ ނުކުންނާނީ އަޔަލެންޑާ ދެކޮޅަށެވެ.