މިމަހުގެ 12 ވަނަ ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީފަޅިން ނުކުންނަ ފްރާނަސްގެ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާން ކޮށްފި އެވެ.

ނަވާރަސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު ވޯލްޑް ކަޕް ތަށި ފްރާންސްއަށް ހޯދާދިން ޓީމުގެ ކެޕްޓަންކަން ކުރި، ޑިޑިއާ ޑިޝެމްޕްސްގެ ކޯޗް ކަމުގައި މިފަހަރުގެ ވޯލްޑް ކަޕަށް ފްރާންސް ނުކުންނަ އިރު އެ ޓީމުގެ ފައިނަލް ސްކޮޑްގައި ހިމެނެނީ ތިން ގޯލް ކީޕަރުންނާއި އަށް ޑިފެންޑަރުންނާއި ހަތް މިޑްފީލްޑަރުން އަދި ފަސް ފޯވާޑުންނެވެ.

ފްރާންސްގެ 23 ކުޅުންތެރިންގެ ސްކޮޑް:

ގޯލްކީޕަރުން: ހޫގޯ ލޮރިސް (ޓޮޓެންހަމް) ސްޓެފާން ރުފިއާ (ސެން އެޓިއެން) މިކާއެލް ލަންޑުރޯ (ބަސްޓިއާ)

ޑިފެންޑަރުން: ލޫކަސް ޑިގްނޭ (ޕީއެސްޖީ) ޕެޓްރީސް އެވްރާ (މެންޗެސްޓާ ޔުނައިޓެޑް) މެތިއު ޑެބޫޗީ (ނިއުކާސަލް)، ލޯރެން ކޮސިއެލްނީ (އާސެނަލް) ބަކާރީ ސަންޔާ (އާސެނަލް) މަމަދޫ ސާކޯ (ލިވަޕޫލް) ރަފައެލް ވަރާން (ރެއާލް މެޑްރިޑް) އެލިއަކުއިމް މަންގަލާ (ޕޯޓޯ)،

މިޑްފީލްޑަރުން: ޔޯހާން(ޕީއެސްޖީ) މަޓުއީޑީ(ޕީއެސްޖީ) ޕޯލް ޕޮގްބާ(ޔުވެންޓަސް) މޫސާ ސިސްސޯކޯ (ނިއުކާސަލް) މެތިއު (މާސޭ) ކްލެމެންޓް (ލިއޯން) ރިއޯ (ލިލް)

ފޯވަޑުން: ރިބެރީ (ބަޔާން މިއުނިކް) ބެންޒެމާ (ރެއާލް ) އޮލިވިއޭ ޖިރޯ (އާސެނަލް) ލޮއިކް ރެމީ (ނިއުކާސަލް)، އެންޓޮއިން ގިރެޒްމަން (ރެއާލް ސޮސިއެޑާޑް)

ވޯލްޑް ކަޕްގައި ފްރާންސް މިމަހުގެ 15 ވަނަ ދުވަހު ފުރަތަމަ ނުކުންނާނީ ހޮންޑިއުރަސްއާ ދެކޮޅަށެވެ.