03 Jun 2014, 11:35
ރޯދަ މަހު ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން މިއަދު ބުނީ ރޯދަ މަހު ކާބޯތަކެތި ހަމަ އަގުގަިއ ހިފެހެއްޓުމަށް އެ މިނިސްޓްރީގެ ފަރާތުން ކަމާ ބެހޭ ފަރާތްތަކާއި މަޝަވަރާ ކުރަމުން ދާ ކަމަށެވެ.
"ކަނޑުމަހުގެ ބާވަތްތައް އުފައްދާ ފަރާތްތަކާއި ރީޓެއިލް ކުރާ ފަރާތްތަކާއި އަދި އިންޕޯޓްކުރާ ބޮޑެތި ކުންފުނިތަކާ މަޝްވަރާކޮށްފައިވޭ" އިކޮނޮމިކް މިނިސްޓްރީއިން ބުންޏެވެ.
އެ މިނިސްޓްރީއިން ބުނީ ރޯދަމަހަށް ސުޓޮކް އިތުރުކޮށް ސަޕްލައި ކުރެވޭ ގޮތްތައް ހަމަޖައްސައި، މުޅި ރޯދަމަހަށް ސަޕްލައި ކުރެވޭނެ ކަމުގެ ޔަގީންކަން މަޝްވަރާކުރި ހުރިހާ އިދާރާތަކުން ދެއްވާފައިވާ ކަމަށެވެ.
ރޯދަ މަހަށް ތަކެތީގެ އަގުތައް ބޮޑުވުމަކީ އެމިނިސްޓރްީއިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެކަންކަން ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް އިކޮމޮމިކް މިނިސްޓްރީން ބުންޏެވެ.