އިނގިރޭސި ކުލަބް ޗެލްސީގެ ތަޖުރިބާކާރު ކުޅުންތެރިޔާ 13 އަހަރަށް ފަހު އެކުލަބް އިން ވަކިވިކަން އިއުލާންކޮށްފި އެވެ. ލަންޕާޑް އަކީ ޗެލްސީ އަށް މިހާތަނަށް އެންމެ ގިނަގޯލް ކާމިޔާބުކުރި އެއްކުޅުންތެރިޔާ އެވެ. އުމުރުން 35 އަހުރުގެ މިކުޅުންތެރިޔާ ވަނީ މިހާތަނަށް 211 ގޯލް ޗެލްސީ އަށް ކާމިޔާބުކޮށްދީފަ އެވެ. ލަންޕާޑް ވަނީ މިދިޔަ އަހަރު މެއި މަހުގެ ޗެލްސީއާ އެކު ހަދާފައިވާ ކޮންޓެރެކްޓް ހަމަވެގެން އިތުރު އެއް އަހަރު ދުވަހަށް ކޮންޓެރެކްޓް އާކޮށްފަ އެވެ.

ދެ ހާސް އެެއް ވަނަ އަހަރުގެ ވެސްޓްހަމް އިން 11 މިލިއަން ޕައުންޑް އިން ޗެލްސީ އާގުޅުނު ލަންޕާޑް ވަނީ 649 މެޗުކުޅެދީ ތިން ޕްރިމިއާލީގް ހޯދައިދީ ހަތަރު އެފްއޭކަޕް، ދެ ލީގްކަޕްގެ އިތުރުން 2012 ވަނަ އަހުރުގެ ޗެންޕްއިންސްލީގާއި އެއް ޔުރާޕާލީގް ކުލަބަށް ހޯދާދައިދިނުމުގައި އެހީތެރިވެދީފަ އެވެ. މިސީޒަންގައި ޗެލްސީގެ 40 މެޗެކުން ލަޕް ވަނީ ފެނިގެންގޮސްފަ އެވެ.

"މިކަލްބަކީ އަހަރެންގެ ހަޔާތުގެ އެއްބައެއް. އަހަރެންނަށް ހޯދިފައި ހުރި ކާމިޔާބީއެއްގެ ފަހަތުގައި ތިބި ހުރިހާ ސްޓާފުންނަށް މި ފުރުސަތުގައި އަހެރެން ޝުކުރު އަދާކުރަން. އަހަންނަށް މިކަލްބާ އެކު ތަފާތު ކާމިޔާބީތަކެއް ވަނީ ހޯދިފައި. އަހަރެން މިތަނަށް އައީ ކުޑަ ކުއްޖެއްގެ ގޮތުގައި އެތައް އުނދަގޫތަކެއް ޕިޗްގައި ވެސް ޕިޗުން ބޭރުގައި ވެސް ކުރިމަތިވި. މި ކްލަބާ އެކު ހޭދަކުރި ކޮންމެ ވަގުތަކީ ހަނދާނުން ފޮހެލަންދިތި ވަގުތު ތަކެއް،" މިވަގުތު އިންލެންޑް ވޯލްޑްކަޕް ސްކޮޑްގައި ހިމެނިގެން އެމެރިކާގައި ތަމްރީން ހަދަމުންދާ ލަޕާޑް ބުންޏެވެ.

ނަވާރަސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރުގައި ފުރަތަމަ ސީނިޔާ މެޗެއް ވެސްޓްހާމްއާ އެކު ކުޅުނު ލަންޕާޑް އާ އެކު އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު އެ ޓީމާ އެކު ހަދާފަވާ އެއްބަސްވުން މިސީޒަންގެ ނިޔަލެއް ހަމަވެފާވާތީވެ އަށް އަހަރުދު ވެސް ވަންދެން ކުޅުނު ކުލަބް މިކުޅުންތެރިޔާ ވެސް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. ހަބަރުތައް ލިބޭގުތުން ލަންޕާޑް ފެނުން އެންމެ ގާތީ އެމެރިކާގެ ނިއުޔޯކްސިޓީއެފްސީ އިންނެވެ.