02 Jun 2014, 19:57
ސައުތުހެންޕްޓަންއަށް ކުޅެމުންއައި އިނގިރޭސި ފޯވާޑް ރިކީ ލަންބާޓް ދެ އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ސޮއިކޮށްފި އެވެ.
އުމުރުން 32 އަހަރުގެ ލަންބާޓް އަކީ ލިވަޕޫލް އެކަޑަމީން އުފެދުނު ކުޅުންތެރިއެކެވެ. 2009 ވަނައަހަރު ސައުތުހެންޕްޓަންއާ ގުޅުނު ހުނަރުވެރި ފޯވާޑް އެ ކުލަބުން ލިވަޕޫލަށް ދޫކުރީ ހަތަރު މިލިއަން ޕައުންޑަށެވެ.
އުމުރުން އެންމެ ފަސް އަހަރުގައި ލިވަޕޫލް އެކަޑަމީއާ ގުޅުނު ލަންބާޓް ޕްރޮފެޝަނަލް ލެވެލްގައި ފުޓްބޯޅަ ކުޅެން ފެށީ އުމުރުން 15 އަހަރުގައެވެ. އެއީ މީގެ 17 އަހަރުން ކުރިންނެވެ.
ލަމްބާޓް އަކީ ބްރެންޑަން ރޮޖާސް، ޓްރާސްފާ މާކެޓްގައި ލިވަޕޫލަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. ލިވަޕޫލާ ގުޅުމަށް ފަހު މިއަދު މީޑިޔާ ތަކަށް ދިން ފުރަތަމަ އިންޓަވިއުގައި ލަންބާޓް ބުނީ، "މިއީ ދެކެމުން އައި ހުވަފެނެއްގެ ނިމުން" ކަމަށެވެ.
" ގަބޫލް ކުރަންވެސް ދަތިވެފަ މިހުންނަނީ. އަހަރެން ގެ މުޅިހަޔާތުގަ ވެސް އެންމެ ލޯބިވާ ކްލަބަކީ މިއީ. އަބަދުވެސް އުންމީދުކުރަން ލިވަޕޫލަށް ކުޅެން. މިއީ ހަމަ ދެކުމުންއައި ހުވެފެނެއް،" އިނގިރޭސި ލީގު ވަންގެ ކްލަބެއް ކަމަށްވާ ބްލެކް ޕޫލްގައި 13 އަހަރު ހޭދަކުރި ފޯވާޑް ބުންޏެވެ.
ލިވަޕޫލްގެ ކޯޗް ރޮޖާސް ބުނީ، "މިއީ ކާމިޔާބު ޓްރާސްފާއެއް" ކަމަށާއި ހާއްސަކޮށް ލަންބާޓް އަކީ ޕެނަލްޓީ ޖެހުމަގެ މާހިރެއްކަމުގައެވެ.
" މިއީ ހަގީގީ އިގިނރޭސީންގެ 9 ނަންބަރަކީ. ބޯޅައިގަ ފައި ޖައްސައިލާ ގޮތާއި އޭނާ ޖަހާފަވައި ވާ ގޯލްތައް ވަރަށް ތަފާތު. ފުޓްބޯޅަ ކުޅުންތެރިއެއްގެ އެންމެ ފަހު އަހަރު ތަކަކީ އުމުރުން 29، 30، އަދި 31. އޭނާ އެވަނީ އެހިސާބުގައި. މީއީ ފުޓްބޯޅަ ކުޅުންތެރިންގެ ކޮލިޓީފެންނަ ހިސާބު،" ލަންބާޓް އައް ތައްރީފުުކުރަމުން ރޮޖާސް ބުންޏެވެ.
ރިކީ ލަންބާޓް ކުރިން ކުޅެފަައި ވާ އިނގިރޭސި ކުލަބް ތަކުގެ ތެރޭގައި ބްލެކްޕޫލް، މެކްލެސްފީލްޑް، ސްޓޮކްޕޯޓް، ރޮޗްޑޭލް، ބްރިސްޓަލް ރޯވާސް އަދި ސައުންތުހެމްޕްޓަން ފާހަގަ ކޮއްލެވެއެވެ.
ލަންބާޓް ވަނީ ޕްރިމިއާ ލީގްގައި 75 މެޗް ކުޅެ 28 ގޯލް ޖަހައިފައެވެ. ސައުންތުހެންޕްޓަން އަށް އެއް މިލިއަން ޕައުންޑައް ގުޅުނު ލަންބާޓް ވަނީ އެޓީމުގައި ހޭދަކުރި ހަ އަހަރުގެ ކެރިއަރުގައި 235 މެޗް ކުޅެ 117 ލަނޑު ޖަހައިފައެވެ.