02 Jun 2014, 16:39
އަންނަ އޮގަސްޓު މަހު ޗައިނާގެ ނަންޖިންގައި ބާއްވާ ދެ ވަނަ ޔޫތު އޮލިމްޕިކް ގޭމްސް އަށް ރާއްޖޭގެ ފެތުންތެރިއަކު ފުރަތަމަ ފަހަރަށް ކޮލިފައިވެއްޖެ ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
ޔޫތު އޮލިމްޕިކް ގޭމްސްގެ ފެތުމުގެ ބަޔަށް ރާއްޖެއިން ކޮލިފައި ފެތުންތެރިއަކީ ސްރީލަންކާގައި ކިޔަވަމުން އަންނަ އުމުރުން 17 އަހަރުގެ މުހައްމަދު މުއުތަސިމް އަދުނާނެވެ.
ސްވިމިން އެސޯސިއޭޝަންގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، ޔޫތު އޮލިމްޕިކް ގޭމްސް އަށް މުއުތަސިމް ކޮލިފައި ވެފައި ވަނީ، މީގެ ކުރިން ބައިނަލްއަގުއާމީ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް، އެމުބާރާތްތަކުން އޭނާ ހޯދާފައިވާ ނަތީޖާތަކަށް ބެލުމަށް ފަހު ކަމަށެވެ.
ޔޫތު އޮލިމްޕިކް ގޭމްސްގެ ކޮލިފިކޭޝަން ރައުންޑްގައި އެތުލެޓިކްސް އެސޯއސިއޭޝަން އޮފް މޯލްޑިވްސް އިން ވެސް ދެ އެތުލީޓުން ވާދަކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.