02 Jun 2014, 16:30
ފުލުސް ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކޮށް ފުލުހުންގެ ވަޒީފާ އިން ވަކިކުރި ކުރީގެ ޗީފް އިންސްޕެކްޓާ އޮފް ފޮލިސް ހުސައިން ރިޝީފް ތޯހާ އަށް ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން ވެސް ހުކުމް އިއްވައިފިއެވެ.
ރިޝީފަށް ވަޒީފާ ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުުމް ބާތިލްކޮށް ފުލުސް އޮފީހުގައި އޭނާ އަދާކުރި ފެންވަރުގެ ވަޒީފާއެއް ދިނުމަށް ހުކުމް ކޮށްފައެވެ.
ސިވިލް ކޯޓުގެ ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު މިއަދު އިއްވި ހުކުމްގައި، ހައިކޯޓުގެ ހުކުމަށް ބަދަލުގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ރިޝީފް ވަޒީފާ އިން ވަކިކުރީ އޮގަސްޓް 6، 2010 ވަނަ ދުވަހުގެ ރޭ ފަތިހު މާވެޔޮ މިސްކިތް ކައިރީގައި އަންހެން ކުއްޖަކު ހުއްޓާ އެ ކުއްޖާ ގަދަކަމުން ފުލުހުންގެ ކާރަކަށް އަރުވައިގެން އޭނާ ބަރަހަނާކޮށް އޭނާއާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ.
ބ. ދަރަވަންދޫ އެއާޕޯޓުގައި ބިޔަރު ދަޅެއް ބޯން އިންކަމުގެ ތުހުމަތުގައި މިދިޔަ މާޗް މަހުގެ ތެރޭގައި ފުލުހުން ބަނީ އޭނާ ހައްޔަރުކޮށްފައެވެ.