02 Jun 2014, 16:08
އަންނަ މަހުގެ 23 އިން އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސްކޮޓްލެންޑުގެ ގްލާސްގޯގައި ބާއްވާ 20 ވަނަ ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ އެކިއެކި ކުޅިވަރު ތަކުން ވާދަކުރާ އެތުލީޓުންގެ ނަންތައް އާންމު ކޮށްފި އެވެ.
އޮލިމްޕިކް ކޮމެޓީން ބުނީ، މިފަހަރުގެ ކޮމެންވެލްތު ގޭސްގައި ރާއްޖެއިން ފަސް ކުޅިވަރަކުން ޖުމުލަ 25 އެތުލީޓުން ވާދަކުރާ ކަމަށެވެ.
މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ކުޅިވަރު ތަކާއި އެ ކުޅިވަރު ތަކުގައި ވާދަކުރާ އެތުލީޓުންގެ ނަންތައް ތިރީގައި އެވަނީ އެވެ.
ސްވިމިން:
- އައިޝަތް ސާޖިނާ
- އައިމިނަތު ސަޖަން
- މުހައްމަދު މުއުތަސިމް އަދްނާން
- ނިޝްވާން އިބްރާހިމް
ޓޭބަލް ޓެނިސް:
- އަހުމަދު މުންސިފް މޫސާ
- މުހައްމަދު މައިޒަރް އާދަމް ޒާހިރް
- މުހައްމަދު ޒީސްތް ނަސީމް
- އަހުމަދު މާދް
- މުއީނާ މުހައްމަދު
- އައިމިނަތް ޖުމާނާ ނިމާލް
- އައިމިނަތް ޝިއުރާ ޝަރީފް
އެތުލެޓިކްސް:
- ހުސެއިން އިނާސް
- ހަސަން ސާއިދް
ޝޫޓިން:
- ރިއުޝާ މުހައްމަދު
- އަހުމަދު މޫސާ
- އިބްރާހިމް ސިމާދު
- އިސްމާއިލް ޝަފީގް
- އައިމިނަތު އަދީލާ
- އަބްދުލްޣަފޫރް
ބެޑްމިންޓަން:
- އައިމިނަތު އަފްނާން ރަޝީދު
- މައިސާ ފަތުހުﷲ އިސްމާއިލް
- މުޙައްމަދު އަޖްފާން ރަޝީދު
- ނަޝީއު ޝަރަފުއްދީން
- މުހައްމަދު ސާރިމް
- ހުސައިން ޒަޔާން ޒަކީ
އޮލިމްޕިކް ކޮމެޓީން ބުނީ، އެތުލެޓިކްސް އެސޯސިއޭޝަން ފިޔަވައި ކޮންމެ އެސޯސިއޭޝަނެއްގެ ފަރާތުން އަންހެން އޮފިޝަލަކާއި ފިރިހެން އޮފިޝަލެއް މުބަރާތަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން މި މުބާރާތައް ދާނީ އެންމެ ފިރިހެން އޮފިޝަލެއް ކަމަށް ވެސް އޮލިމްޕިކް ކޮމެޓީން މައުލޫމާތު ދެއެވެ.
މިފަހަރުގެ މުބާރާތުގެ ޗެފް ޑި މިޝަން އެއްގެގޮތުގައި ކޮންޓިންޖެންޓާ ހަވާލުވެ ހުންނަވާނީ އިސްމާއިލް ރަޒީން އެވެ. އަދި ޖެނެރަލް މެނޭޖަރެއްގެ ގޮތުން މަސައްކަތް ކުރައްވާނީ މޯނާ އަހުމަދު އައްބާސްއެވެ. މީގެ އިތުރުން މި މުބާރާތުގައި ފިޒިއޯއިންގެ ގޮތުގައި ހަރަކާތްތެރިވާނީ އައިމިނަތު އުމާނާ އަލީ ނޫރައްދީން އާއި މުހައްމަދު ފަޔާޒް އަލީ ރިޒާއެވެ.