02 Jun 2014, 12:19
މި މަހުގެ 12 ވަނަ ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރޭ ކުޅުނު ރަހުމަތްތެރި ކަމުގެ މެޗްތަކުން މެކްސިކޯ އާއި އެމެރިކާ، އާއި ބެލްޖިއަމް އަދި އިޒްރޭލް މޮޅުވެއްޖެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ފަޅިން ވާދަކުރާ މެކްސިކޯ ރޭ މޮޅުވީ، މުބާރާތުގެ ގްރޫޕް އީ ފަޅިން ވާދަކުރާ އިކުއެޑޯ އަތުން 3-1 ލަނޑުންނެވެ. މެޗުގައި މެކްސިކޯ އަށް ގޯލްތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ލުއިސް މޮންޓޯސް އާއި މާކޯ ފަބިއަން އަދި ސަންޓޯސް އެވެ. މެޗުގައި މެކްސިކޯ ކޮޅަށް އެކުއެޑޯއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ވެލެންސިއާ އެވެ.
މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ޖީ ފަޅިން ވާދަކުރާ އެމެރިކާ ރޭ މޮޅުވީ ތުރުކީ އަތުން 2-1 ލަނޑުންނެވެ. މެޗުގައި އެމެރިކާ އަށް ލަނޑުތައް ޖަހާދިން ކުޅުންތެރިންނަކީ ފަބިއަން ޖޯންސަން އާއި ކްލިންޓް ޑެމްޕެސީ އެވެ. އަދި އެމެރިކާ ކޮޅަށް ތުރުކީއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ޖަހައިދިނީ އިނާން އެވެ.
މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗް ގައި ވާދަކުރާ ބެލްޖިއަމް ރޭ މޮޅުވީ ސްވިޑަންއާ ވާދަކޮށް 2-0 ލަނޑުންނެވެ. ރޭގެ މެޗުގައި ބެލްޖިއަމްއަށް ލަނޑުތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ހަޒާޑް އާއި ލުކާކޫ އެވެ.
މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީފަޅިން ވާދަކުރާ ހޮންޑިއުރަސް އަތުން އިޒްރޭލް ރޭ މޮޅުވީ 4-2 ލަނޑުންނެވެ.
މީގެ އިތުރުން ރޭ ކުޅުނު ރަހުމަތް ތެރިކަމުގެ އިތުރު މެޗްތަކަށް ބަލާ އިރު ޖަރުމަނާއި ކެމަރޫން ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވި އިރު ފްރާންސް އާއި ޕެރެގުއޭގެ މެޗް ވެސް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެން ނެވެ. އަދި ޕެނެމާ އާއި ސާބިއާގެ މެޗު 1-1 ކަނޑުން އެއްވަރުވި އިރު، ކޮލަމްބިއާ އާއި ސެނަގޯލް ރޭ ކުޅުނު މެޗް ވެސް ނިމުނީ 2-2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.