ފުވައްމުލަކު ސްޓޭޑިއަމްގައި މިއަދު ހަވީރު ފުޓުބޯޅަ ކުޅެން ހުރި މީހަކު މަރުވެއްޖެއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޏ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ހުސައިން ޝާފީ އިބްރާހީމް ވިދާޅުވީ އެމްއެންޑީއެފްގެ ކޯޕްރަލެއް ކަމުގައިވާ އެރަށު ހިތިފަރު އަބްދުﷲ ނަޒްމީ، 28، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިކަމަށެވެ.

ޑޮކްޓަރާއި ހަވާލާދެއްވައި އޭނާ ވިދާޅުވީ ނަޒްމީ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.