01 Jun 2014, 15:18
ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނާ ހިލާފަށް މެމްބާޝިޕް ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ވަނަ ފަހަރަށް ޖޫރިމަނާ ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ޖޭޕީން ޖޫރިމަނާ ކޮށްފައި ވަނީ އެ ޕާޓީ އަށް ވަނުމަށް އެދޭ މީހުންގެ ފޯމްތަކުގައި އެކެއްގެ އިނގިލީގެ ނިޝާން ޖަހާފައި ވާތީ ކަމަށެވެ. އެ ކޮމިޝަނުން ބުނީ ގާނޫނާ ހިލާފަށް ފޯމް ހޯމް ހުށަހަޅާފައިވާ މިއީ އަށް ވަނަ ފަހަރު ކަމަށް ވާތީ ޖޫރިމަނާ ކޮށްފައި ވަނީ 10،000 ރުފިޔާ އިން ކަމަށެވެ.
އެންމެ މީހެއްގެ އިނގިލީގެ ނިޝާން ބޭނުންކޮށްގެން މެމްބާޝިޕް ފޯމްތަކެއް ހުށަހަޅާފައި ވާތީ މިދިޔަ މަހު ވެސް އެ ޕާޓީ ވަނީ 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 48 ވަނަ މައްދާގެ(ހ)ގައި ބުނެފައި ވަނީ ޕާޓީގެ މެންބަރުކަމަށް ގައިވައިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފި ނަމަ އެކަން ކުރި ފަރާތެއް 5000 ރުފިޔާ އާއި 10000 ރުފިޔާ ދެމެދުގެ އަދަދެއް ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ.