މައި ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުން ގުޅިގެން ސަލްޓަން ޕާކް ސާފުކޮށްފި އެވެ.

"ގައުމަށް ޓަކައި މައި ކޮލެޖު" ނަމުގައި ކޮލެޖުން ހުކުރު ދުވަހު ސަލްޓަން ޕާކް ސާފުކޮށް ގިނަ އަދަދެއްގެ ކުނި އުކާލި ކަމަށް އެ ކޮލެޖުން އިއްޔެ ނެރުނު ކުރު ބަޔާނެއްގައި ބުންޏެވެ.

ޕާކް ސާފު ކުރުމަށް ފަހު ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ދުވަހާ ގުޅޭ ޝިޔާރުތައް ލިޔެފައިވާ ބެނާތައް ނެރުނު ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ. އަދި އެކުވެރިކަން ރަމްޒުކޮށް ދިނުމުގެ ގޮތުން އެއް ދަރިވަރަކު އަނެއް ދަރިވަރަކާ އަތާއި އަތް ގުޅައި ހިއުމަން ޗެއިނަކުން ގުޅާލައި އެކުވެރިކަން އާލާ ކުރުން ވެސް އޮތް ކަމަށް އެެ ކޮލެޖުން ބުންޏެވެ.

އަދި "ގައުމަށް ޓަކައި މައި ކޮލެޖު"ގެ ޝިއާރުގެ ދަށުން އަންނަ ހޮނިހިރު ދުވަހު ލޭ ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.