01 Jun 2014, 14:10
އެމްޑީޕީ ޕާލަމެންޓް ގްރޫޕްގެ ލީޑަރަކަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް އަދި ނައިބު ލީޑަރު ކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރިމަތިލައްވައިފި އެވެ.
މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޕާލަމެންޓް އިންތިހާބު ޑެޕިއުޓީ ޕާލަމެންޓްރީ ލީޑަރު ކަމުގެ މާގަމަށް ކުރިމަތިލައްވާފައިވާކަން ރޮޒައިނާ ވަނީ ސަން އަށް ކަށަވަރުކޮށް ކޮށްދެއްވައިފަ އެވެ. އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުގެ މަގާމުގައި މިހާރު ވެސް ހުންނެވި އިބޫ މި ފަހަރު ވެސް ކުރިމަތިލެއްވިކަން އެ ޕާޓީގެ އިސް އޮފިޝަލަކު ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމަށް ދެ މެންބަރުން އިންތިހާބު ކުރަން ޖެހުނު ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި ރޮޒައިނާ ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއްނުވެ އެވެ.
އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ މަގާމުތަކަށް ކުރިމަތިލުމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ހުޅުވާލި މުއްދަތު އެ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހަމަވުމުން އެ މުއްދަތު ވަނީ 29 ވަނަ ދުވަހުގެ ނިޔަޔަލަށް އިތުކޮށްފަ އެވެ.
އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގައި ޕާލަމަންޓް ގްރޫޕްގެ ލީޑަރާއި ދެ ޑެޕިއުޓީ ލީޑަރުން ހިމެނެވެ. އޭގެ އިތުރުން އަމީން އާއްމާއި އަމީން އާއްމު ނައިބާއި ތިން ވިޕުން ހިމެނެ އެވެ.