ކުޑަ އަންހެންކުއްޖަކާ ގަދަ ކަމުން ބަދުއަހްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ރ. އަލިފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި 39 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި ގަދަކަމުން ބަދުއަހްލާގީ އަމަލުހިންގާފައި ވަނީ އުމުރުން 14 އަހަރުގެ ކުއްޖަކާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު 15 ދުވަސް ރ. ވާދޫ މެޖިސްޓްރޭޓް ކޯޓުން ޖަހާދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އުމުރުން 13 އަހަރުގެ ނުކުޅެދޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކ. އަތޮޅުގެ ރަށަކުން ވެސް މިދިޔަ މަހު މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭނާގެ ބަންދުގެ މުއްދަތު ވެސް 15 ދުވަސް ވަނީ ޖަހާފަ އެވެ.