ސިވިލް ކޯޓުގެ ކަލަންޑަރުގައިވާ ގޮތުގެމަތިން މާދަމާ އިން ފެށިގެން ރިސެސްއަށްދާނެ ކަމަށް އެ ކޯޓުން ބުނެފިއެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ކޯޓުގެ ރިސެސް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށެވެ.

ރިސެސްގެ ތެރޭގައި އާންމު ޝަރީއަތްތަކުގެ މަޖިލިސްތައް ނުބޭއްވި ނަމަވެސް އަވަސް މައްސަލަތަކާއި ވަގުތީ އަމުރާ މެދު ގޮތެއް ނިންމުން އޮންނާނެ ކަމަށެވެ. އަދި މައްސަލަތަކާ ގުޅިގެން ނިންމަން ޖެހޭ ރިޕޯޓުތަކާއި ފަނޑިޔާރުންގެ މެދުގައި ބައްދަލުވުންތައް ބޭއްވުން ވެސް ރިސެސްގެ ތެރޭގައި އޮންނަންނާނެ އެވެ. ރިސެސްއަށް ދިއުމަށް ފަހު އާންމު ގޮތެއްގައި މުވައްޒަފުންނަށް އިތުރު ތަމްރީން ދިނުމުގެ ޕްރޮގްރާމްތައް ސިވިލް ކޯޓްގައި އަބަދުވެސް އޮވެ އެވެ.

ކޯޓް ރިސެސް އަށް ދިޔުމަކީ ޗުއްޓީއެއް ނޫނެވެ. ރިސެސްގެ ތެރޭގައި ގާޒީންނާއި އިދާރީ މުވައްޒަފުން ވެސް އޮފީހަށް ނުކުންނަވާނެ ކަމަށް ކޯޓުން ބުންޏެވެ.ސިވިކލް