އަނބިމީހާ ލައްވައި ހަށި ވިއްކި ސައުދީ އަރަބިއްޔާ މީހަކު އަށް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލައިފިއެވެ.

ސައުދީ ގެޒެޓްނޫހުން މިއަދު ބުނީ އެހެން ފިރިހެނަކަށް އަނބިމީހާގެ ހަށި ވިއްކި މީހަކު އަށް އަހަރަށް ޖަލަށް ލުމަށް ޖިއްދާގެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެމައްސަލަ އިސްތިއުނާފު ކުރުމުން ދަށުކޯޓުގެ ހުކުމަށް މަތީ ކޯޓުން ތާއީދުކޮށްފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކުރި ހުކުމުގައި 1000 އެތިފަހަރުން ތައުޒީރު ކުރުމަށް ވެސް ބުނެފައިވާ ކަމަށް ނޫހުން ބުންޏެވެ.

އަށް އަހަރުގެ ޖަލުހުކުމް އައި މީހާ އޭނާގެ އަންހެނުން އިސްތިހާރު ކުރީ ސޯޝަލް ނެޓްވޯކްތަކުގައި ކަން ސައުދީ އަރަބިއްޔާގެ ބިއުރޯ އޮފް އިންވެސްޓިގޭޝަން އެންޑް ޕަބްލިކް ޕްރޮސެކިއުޝަން އިން ކުރި ތަހުގީގުން ވަނީ އެނގިފައެވެ.
އެމައްސަލައިގައި ހިމެނޭ އަންހެންމީހާ މިހާރު ހުރީ މީހުން ބަލަހައްޓާ ތަނެއްގައި ކަމަށާއި އޭނާގެ ޝަރީއަތް ވަކިން ކުރާނެ ކަމަށް ނޫހުގައި ވެއެވެ.