31 May 2014, 11:23
ކ. ގުޅީގައި ދެ ދުވަހު ހެލްތު ކޭމްޕެއް މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު ބާއްވައިފި އެވެ.
އެ ކޭމްޕު ބާއްވާފައި ވަނީ ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް އާއި އޭޑީކޭ ހޮސްޕިޓަލާއި ކެއާ ސޮސައިޓީ އާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އަދި ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެންނެވެ.
ބަލި މީހުންނަށް ހިލޭ ފަރުވާ ދިނުމުގެ އިތުރުން އެ ކޭމްޕުގައި ވަނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ވެސް ބާއްވައިފަ އެވެ.
އެ ކޭމްޕުގައި ގުޅީގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން އެ ރަށު ސްކޫލުގައި ވަނީ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި ގްރޭޑް އަށެއް، ނުވައެއް އަދި 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކެއާ ސޮސައިޓީން ވެސް ވަނީ ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ.
އެ ހެލްތު ކޭމްޕުގައި ބަލި މީހުން ބައްލަވާފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގެ ޑރ. ހަމްޒާ މުހައްމަދާއި ޑރ. މުހައްމަދު ވިޝާމާއި ޑރ. އިހްސާން އަހުމަދު ސޫމްރޯ އާއި ޑރ. ހޯސޭ ސަލްވާޑޯ އާއި އައިޖީއެމްއެޗް ހޮސްޕިޓަލުގެ ޑރ. އަހުމަދު ފައިސަލް އާއި ހުޅުމާލޭ ހޮސްޕިޓަލުގެ ޑރ. ގޯ ޒަލްޔާން އާއި މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސާސް، ޓްރެއިނިން އެންޑް ރިސާޗްގެ މުހައްމަދު މުސްތަފާ އެވެ.
މީގެ ކުރިން ކ. ގުރައިދޫގައި ވެސް ވަނީ މިފަދަ މެޑިކަލް ކޭމްޕެއް ބާއްވައިފަ އެވެ.