މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ ވެބްސައިޓް ހެކްކޮށްފި އެވެ.

މެޓް އޮފީހުގެ ވެބްސައިޓް ހެކް ކުރުމަށް ފަހު، އަރުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ އެ ވެބްސައިޓް ހެކް ކޮށްފައި ވަނީ "ސީރިއަން ރިވެލުއޭޝަން ސޯލްޖާސް" ކަމަށެވެ.

އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ އެ ވެބްސައިޓޮ ހެކްކުރުމަށް ފަހު، އަރުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ ސީރިއާ ރައްޔިތުން އުޅެމުންދަނީ ވަރަށް ހާލުގައި ކަމަށާއި ދުނިޔެ އޮތީ ހަމަހިމޭނުން ކަމަށެވެ. އަދި ހަނގުރާމާއިގެ ތަފާތު ވާހަކަތައް ލިޔެފައިވެ އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ އޮފީހުގެ ވެބްސައިޓް ހެކުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެކަންތައް އެ އޮފީހުގެ ޓެކްނީޝަނުން ބަލަމުންދާ ކަމަށެވެ.

މިދުވަސްވަރު ދަނީ ތަފާތު ވެބްސައިޓްތައް ހެކް ކުރަމުންނެވެ. އެގޮތުން އެނޮނިމަސް މޯލްޑިވްސް އިން ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ހުންނަ ދިވެހި ރާއްޖޭގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ރަސްމީ ވެބްސައިޓް ވެސް ހެކްކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ވެބްސައިޓް ވެސް ވަނީ ނޭނގޭ ބަޔަކު ހެކްކޮށްފަ އެވެ.