Last Updated: 1 decade 1 year ago
Last Updated:
1 decade 1 year ago
ފިލިޕީންސް ބަލިކޮށް ފަލަސްތީން ޗެލެންޖު ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
- ފަލަސްތީން 1-0 ފިލިޕީންސް
23:15
ފަލަސްތީނު ޓީމަށް މުބާރާތުގެ ޗެމްޕިއަން ޓްރޮފީ ހަވާލުކޮށްދެއްވައިވި. ޓްރޮފީ ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި އޭއެފްސީގެ ވައިސް ޕްރެޒިޑެންޓް ގަނޭސް ތާޕާ.
23:14
މުބާރާތުގެ ޗެމްޕިއަން ފަލަސްތީނަށް ގޯލްޑް މެޑަލް ހަވާލުކޮށްދެއްވަނީ، އޭއެފްސީގެ ވައިސް ޕްރެޒިޑެންޓް ގަނޭސް ތާޕާ.
23:12
މުބާރާތުގެ ރަނަރަޕް ފިލިޕީންސް ޓީމަށް މެޑަލް ހަވާލުކޮށްދެއްވަނީ.
23:11
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ފަލަސްތީން ޓީމުގެ މުރާދު ސައީދު.
23:10
މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، ފަލަސްތީން ފޯވާޑް އަޝްރަފް ފަވަޣްރާ.
23:09
މުބާރާތުގެ ފެއަޕްލޭ ޓީމަކަށް އަފްޣާނިސްތާން.
23:03
މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ތައްޓާއި މެޑަލް ހަވާލުކުރުން ދެން އޮންނާނީ.
23:02
ފަލަސްތީން ކުޅުންތެރިން އެ ގައުމުގެ ދިދައާއި ދިވެހި ގައުމީ ދިދަ ހިފައިގެން ސަޕޯޓަރުންނާ ސަލާމް ކުރަމުން ދަނޑުގެ ވަށައިގެން ދުވަނީ.
23:01
އޭއެފްސީ ޗެލެންޖް ކަޕް މިހާ ހިސާބުން ނިމުނީ. ދެން މި މުބާރާތެއް ނުބާއްވާނެ. މިއީ އެންމެ ފަހު މުބާރާތް.
22:59
ފަލަސްތީން ކުޅުންތެރިން އުފާފާޅުކުރަނީ. މިއީ ފުޓްބޯޅައިގެ ތާރީކުގައި ފަލަސްތީން ހޯދި އެންމެ ބޮޑު ކާމިޔާބު. އަދި މި ކާމިޔާބާއެކު ފަލަސްތީނަށް ވަނީ، ކުރިއަށް އޮތް އޭއެފްސީ އޭޝިއަން ކަޕުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައި.
22:55
މެޗު ނިމިއްޖެ. ފަލަސްތީން 1-0 ފިލިޕީންސް
22:55
ފިލިޕީންސް ކުޅުންތެރިއަކަށް ރީނދޫ ކާޑެއް.
22:54
ފަލަސްތީނުގެ އަޝްރަފަށް ރީނދޫ ކާޑެއް.
22:51
ފިލިޕީންސް ކުޅުންތެރިން ފަލަސްތީނު އޭރިޔާތެރެއަށް ބޯޅަ ހުރަސް ކޮށްލި ނަަމަވެސް ބޯޅަ ދިޔައީ މާމަތިން ބޭރަށް.
22:50
ފަލަސްތީނުން ބަދަލެއް. 1 ނަންބަރުގެ ބަދަލުގައި 5 ނަންބަރު ކުޅެން ނުކުތީ.
22:50
މެޗުގެ އިތުރު ވަގުތުގެ 5 މިނިޓް ކުޅެން ދީފި.
22:49
ފިލިޕީންސްގެ 22 ނަންބަރު ފަލަސްތީން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެޓީމުގެ ކުޅުންތެރިއަކު ބޮލުން ޖަހައި ފޮނުވާލި ނަމަވެސް ގޯލަށް އަމާޒެއް ނުވި.
22:48
ފިލިޕީންސް ކޯޗު، ރެފްރީގެ ނިންމުމާ ހިތްހަމަ ނުޖެހިގެން ނުރުހުން ފާޅުކުރަނީ.
22:47
މި ނަތީޖާގައި އޮވެ މެޗު ނިމިއްޖެ ނަމަ ކުރިއަށް އޮތް އޭއެފްސީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުން ފަލަސްތީނަށް ޖާގަ ލިބޭނެ.
22:46
ފިލިޕީންސަށް ކޯނަރެއް.
22:45
ފަލަސްތީނުން ބަދަލެއް. އަބްދުލްހާމިދުގެ ބަދަލުގައި ކުޅެން އެރީ މޫސާ އަބޫޖަޒަރު.
22:41
ފިލިޕީންސް ޓީމުން ބަދަލެއް، 23 ނަންބަރުގެ ބަދަލުގައި 9 ނަންބަރު ކުޅެން އެރީ.
22:40
އިމާދު ފިލިޕީންސް ޕެނަލްޓީ އޭރިޔާއާ ހަމައަށް ބޯޅަ ހިފައިގެން ގޮސް ފޮނުވާލި ބޯޅަ މާ މަތިން ބޭރަށް.
22:38
ފަލަސްތީން ކީޕަރަށް އަނިޔާ ވެގެން ކުޅުން ކުޑައިރު ކޮޅަކަށް މެދު ކެނޑުމަށް ފަހު އޭނާއަށް ފަރުވާ ދިނުމަށް ފަހު އަލުން ފަށައިފި.
22:36
ފަލަސްތީން ޓީމުން ބަދަލެއް. ހެލާލް މޫސާގެ ބަދަލުގައި ކުޅެން ނުކުތީ ހުސާމް އަބޫސަލާމް.
22:33
ފިލިޕީންސް ޓީމުން ބަދަލެއް. 20 ނަންބަރުގެ ބަދަލުގައި ކުޅެން އެރީ 22 ނަންބަރު.
22:30
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނަށް ބަލާއިރު ލިސްޓުގެ އެންމެ ކުރީގައި އުޅެނީފަލަސްތީން ފޯވާޑް އަޝްރަފް އަލްފަވަޣްރާ. އޭނާ ވަނީ 4 ލަނޑު ޖަހާފައި. ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ، ރާއްޖޭ ކެޕްޓަން އަލީ އަޝްފާގު. އޭނާ ވަނީ 3 ލަނޑު ޖަހާފައި.
22:30
ފިލިޕީންސަށް ކޯނަރެއް.
22:27
މިރޭގެ މެޗަށް ވެސް ކުޅިބަލާމީހުން ވަރަށް ގިނަ އަދަދަކަށް ދަނޑަށް ވަަދެ އެބަތިބި. އެގޮތުން ސިޑިބަރީގެ އެއްފަޅީގައި ގިނަ އަދަދެއްގެ ފިލިޕީންސް ސަޕޯޓަރުން ތިބިއިރު، ސިޑިބަރީގެ ބޮޑު ބައެއް ފުރާލާފައި މިވަނީ ފަލަސްތީނަށް ސަޕޯޓުކުރާ ދިވެހީން.
22:25
ފަލަސްތީންގެ އިމާދަށް ފިލިޕީންސް ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ބޯޅަ ގޯލާ ދިމާއަށް ފޮނުވާލި ނަމަވެސް ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް.
22:23
އަޝްރަފް އެކަނި ފިލިޕީންސް ހާފްތެރެއިން ބޯޅަ ހޯދުމަށް ފަހު ހާފުގެ މެދު ތެރެއިން ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު މަތަކުރީ.
22:18
ފަލަސްތީނުގެ ހަތް ނަންބަރު އަޝްރަފް ޖެހި ހިލޭޖެހުން ވަރަށް ރީއްޗަށް ގޯލްގެ ކަނަށް ވައްދައިފި.
ނަތީޖާ ފަލަސްތީން 1 - ފިލިޕީންސް 0 -
22:16
ފަލަސްތީނުގެ 7 ނަންބަރު ކުޅުންތެރިޔާ އަޝްރަފް ފިލިޕީންސްގެ ގޯލް އޭރިއާ ކައިރިން ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ދަނިކޮށް ފިލިޕީންސްގެ ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން ފިޕީންސަށް ހިލޭ ޖެހުމެއް.
22:13
ފަލަސްތީނަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމްގެ 16 ނަންބަރު ހައިތަމް ބޮލުން ފޮނުވާލި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ބޭރަށް.
22:10
ފަލަސްތީނުގެ އޭރިއާތެރެއިން ފިލިޕީންސްގެ 23 ނަންބަރު ސައިމަން ކުރި ފައުލަކާ ގުޅިގެން ފަލަސްތީނަށް ޖެހުމެއް.
22:05
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
21:47
ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. ނަތީޖާ އަކީ ފަލަސްތީން 0 - ފިލިޕީންސް 0-
21:45
ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި 2 މިނެޓުގެ ކުޅުން މިހާރު ކުރިއަށް ދަނީ.
21:40
ފިލިޕީންސްގެ 10 ނަންބަރު ޔަންގު ހަސްޕެންޑު ފަލަސްތީނުގެ ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ފުރުސަތު ބޭކާރުކޮށްލައިފި. މިއީ މުޅި މެޗުގައި ވެސް ފިލިޕީންސްގެ ޓީމަށް ލަނޑުޖަހަން ލިބުނު އެންމެ ރަނުގެ ފުރުސަތު.
21:38
ފަލަސްތީނުގެ ގޯލަށް ފިލިޕީންސްގެ މިޑްފީލްޑަރު ޕައުލް ފޮނުވާލި ބޯޅަ ގޯލްގެ އެއްއަރިމަތިން ބޭރަށް.
21:36
މެޗްގެ 35 މިނެޓުގެ ކުޅުން ނިމިއްޖެ. ފަލަސްތީން 0 - ފިލިޕީންސް 0 -
21:34
ފަލަސްތީނުގެ ހާފްގެ ތެރެއިން ފިލިޕީންސަށް ހިލޭ ޖެހުމެއް. އެ ހިލޭ ޖެހުން ފިލިޕީންސަށް ލިބުނީ އެ ޓީމްގެ ފޯވާޑު ސްޓްރޮކަށް ފަލަސްތީން ޓީމްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން.
21:30
ފިލިޕީންސްގެ ޕެނަލްޓީ އޭރިއާތެރޭގައި ހުރެ ފަލަސްތީނުގެ ފޯވާޑު އަޝްރަފް ފޮނުވާލި ހަމަލާ ފިލިޕީންގެ ކޯލްކީޕަރު މުލާ ވަރަށް ހަމަޖެހިލާފައި ދިފާއުކޮށްފި.
21:29
މެޗުގެ ފުރަތަމަ ހާފްގެ 30 މިނެޓުގެ ކުޅުން ނިމިއްޖެ. ގިނައިރު ބޯޅަ ގެންގުޅެ ހަމަލާ އުފައްދަމުން ދަނީ ފަލަސްތީނުން.
21:28
އަނެއްކާވެސް ފަލަސްތީނުން ފުލިޕީންސްގެ ގޯލަށް ހަމަލާއެއް ފޮނުވާލައިފި. އެ ހަމަލާ ފޮނުވާލީ ފޯވާޑު އަޝްރަފް. އެ ބޯޅަ ވެސް ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
21:27
ފުރަތަމަ ހާފްގެ 25 މިނެޓުގެ ކުޅުން ނިއްޖެ. ފަލަސްތީނުން ފިލިޕީންސްގެ ކޯލަށް 4 ޝޮޓެއް ހެދިއިރު ފިލިޕީންސުން ފަލަސްތީނުގެ ގޯލަށް ހެދުނީ އެންމެ ޝޮޓެއް.
21:25
އަނެއްކާވެސް ފަލަސްތީނުގެ ޖާޒީ ނަންބަރު 19 އަބޫ ހަބީބު ފިލިޕީންސްގެ ގޯލަށް ފޮނުވާލި ބާރު ހަމަލާ ފިލިޕީންގެ ގޯލް ކީޕަރު މުލާ ދިފާއު ކޮށްފި. މިއީ މި މެޗުގައި އަބޫ ހަބީބަށް ލަނޑު ޖަހަން ލިބުނު ދެވަނަ ފުރުސަތު.
21:24
ފަލަސްތީނު ޓީމްގެ ފޯވާޑު އަޝްރަފަކީ މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެއް. އޭނާ ވަނީ މި މުބާރާތުގައި 3 ލަނޑު ފަލަސްތީނަށް ކާމިޔާބު ކޮށްދީފައި.
21:23
ފަލަސްތީނުގެ ފޯވާޑު އަޝްރަފަށް ކުރި ފައުލަކާ ގުޅިގެން ފިލިޕީންސްގެ ހާފްގެ ތެރެއިން ފަލަސްތީނަށް ޖެހުމެއް.
21:21
ފިލިޕީންސުން ފަލަސްތީނުގެ ގޯލަށް ފޮނުވާލި ބާރު ހަމަލާ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށް. އެ ހަމަލާ ފޮނުވާލީ ޖާޒި ނަންބަރު ޔަން ހަސްޕެންޑު.
21:20
މެޗްގެ 20 މިނެޓުގެ ކުޅުން ނިމުނު އިރު ފަލަސްތީނު 4 ފައުލް ކުރި އިރު ފިލިޕީންސުން ކޮށްފައި ވަނީ 1 ފައުލް.
21:19
ފަލަސްތީނުގެ ޖާޒީ ނަންބަރު 10 ފިލިޕް ކުރި ފައުލަކާ ގުޅިގެން ފިލިޕީންސަށް ހިލޭ ޖެހުމެއް ފިލިޕީންސްގެ ހާފްގެ ތެރެއިން.
21:18
މިއީ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގައި މި ދެ ޓީމް ބައިވެރިވާ ފުރަތަމަ ފަހަރު.
21:15
ފިލިޕީންގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފަލަސްތީނުން އުފައްދައިފި. އެ ހަމަލާ އުފެއްދީ ފަލަސްތީންގެ ޖާޒީ ނަންބަރު 20 އަބޫ ހަމީދު. އެ ހަމަލާ ފިލިޕީންގެ ގޯލް ކީޕަރު ވަނީ ދިފާއުކޮށްފައި.
21:13
މިރޭގެ ފައިނަލް މެޗުގައި ފިލިޕީންސްގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ސްޓްރޮކް ފުރަތަމަ އެގާރާގައި ހިމެނޭ. ނަމަވެސް ރާއްޖެއާ އެކު ކުޅުނު މެޗުގެ ފުރަތަމަ އެގާރާގައި އޭނާ ނުފެނޭ.
21:10
ފަލަސްތީނުގެ ޖާޒީ ނަންބަރު 10 އިމާދު ފިލިޕީންސްގެ ގޯލަށް އުފައްދަން އުޅުނު ހަމަލާ ފަލަސްތީނުގެ ގޯލް ކީޕަރާ ނުލައި ދިފާއުކޮށްފި
21:10
ފުރަތަމަ 10 މިނެޓުގެ ކުޅުން ނިމިއްޖެ. ދެ ޓީމްގެ ފަރާތުން ވެސް މާބޮޑު ތަފާތެއް ނުފެނޭ.
21:08
ފަލަސްތީނުން ފިލިޕީންސް ކޮޅަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފި. އެ ހަމަލާ ފޮނުވާލީ ފަލަސްތީނުގެ ފޯވާޑު މޫސާ
21:06
ފަލަސްތީނުގެ ޓީމަށް ސަޕޯޓު ކުރުމަށްޓަކައި ގިނައަދަދެއްގެ ދިވެހިން އެގައުމުގެ ދިދަތައް ހިފައިގެން ގައުމީ ފުޓުބޯޅަ ދަނޑުގައި ހަރަކާތްތެރިވަމުން އެބަދޭ
21:03
ފަލަސްތީން މި މުބާރާތުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު އެޓީމުގެ ގޯލަށް މިހާތަނަށް އެއްވެސް ގޯލެއް ވަދެފައި ނުވޭ. އެހެން ނަމަވެސް ރާއްޖޭ ޓީމުން ވަނީ ސެމީ ފައިނަލްގައި ފިލިޕީންސް ގޯލަށް ދެ ލަނޑު ޖަހާފައި.
21:02
ފަލަސްތީނަށް ކޯނަރެއް. އެޓީމުގެ ހެލާލް މޫސާ ބޯޅަ ހިފައިގެން ފިލިޕީންސް އޭރިޔާ ތެރެއަށް ވަންނަން އުޅުމުން ފިލިޕީންސް ކުޅުންތެރިން ބޯޅަ ބޭރުކޮލީ.
21:00
މެޗު ފަށައިފި.
21:00
މެޗު ފަށަނީ ފަލަސްތީނުން.
20:59
ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ފައިނަލް މެޗެއްގައި މި ދެ ޓީމް މީގެ ކުރިން ވާދަކޮށްފައެއް ނުވޭ. އެހެން ނަމަވެސް ނޭޕާލްގައި 2012 ވަނަ އަހަރު އޮތް ޗެލެންޖް ކަޕްގެ ތިން ވަނަ ހޮވި މެޗުގައި ފަލަސްތީން އަތުން ފިލިޕީންސް މޮޅުވީ 4-3 ލަނޑުން.
20:59
މެޗުގެ ކުރިން ފިލިޕީންސްގެ ކޯޗު ތޯމަސް ޑޫލޭ ބުނީ، މެޗަކީ މުބާރާތުގައި އެޓީމް ކުޅޭ އެންމެ ވަރުގަދަ އެއް މެޗް ކަމަށާއި އެމެޗަށް ނުކުންނައިރު ޓީމްގައި ތިިބި މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވީ ނަމަވެސް، މެޗުގައި ނުކުޅެވޭ ވަރުގެ ސީރިއަސް އަނިޔާއެއް ލިބިފައިވާ އެންމެ ކުޅުންތެރިއަކުވެސް ނެތްކަމަށް.
20:58
މެޗުގެ ކުރިން ފަލަސްތީންގެ ކޯޗް ޖަމާލް މަހުމޫދު ބުނެފައިވަނީ އިދިކޮޅަށް ނުކުންނަ ފިލިޕީންސް ޓީމަކީ މިމުބާރާތުގައި ވާދަކުރި ޓީމްތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ޓީމް ކަމަށާއި އެހެން ނަމަވެސް ބޮޑު މެޗަށް ނުކުންނާނީ ތަށި ހޯދުމުގެ އުންމީދާއެކު އޭޝިއަން ކަޕަށް ވެސް ދަތުރު ކުރުމުގެ އުންމީދުގައި ކަމަށް.
20:56
ފިލިޕީންސްގެ ގައުމީ ސަލާމް މިހާރު ކުރިއަށްދަނީ.
20:55
ފަލަސްތީނުގެ ގައުމީ ސަލާމް.
20:55
މިރޭގެ މެޗުގެ ޝަރަފްވެރި މެހެމާން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވަނީ.
20:53
ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ގައުމީ ފުޓްބޯޅަ ދަނޑަށް ނުކުންނަނީ.