30 May 2014, 11:14
ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މާލޭގެ ދެގެއަކުން ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގާތްގަނޑަކަށް ރޭ 11:00 އާއި 1:00އާ ދެމެދުގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަންގައި ބަނގުރަލާއި މަސްތުވާތަކެއްޗާ އެކު ހަ މީހަކު ހައްޔަރުކޮށްފައި ވާ ކަމަށެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ބިދޭސީއަކާއި ހަ ދިވެހީން ކަމަށާއި ތަހުގީގު ކުރިއަށްދާތީ އެ މައްސަލައިގެ އިތުރު ތަފްސީލް ދެވެން ނެތް ކަމަށް ވެސް މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.