އޭއެފްސީ ޗެލެންޖު ކަޕްގެ ދިވެހި ގައުމީ ޓީމުން ހޯދުމުން، އަނެއްކާވެސް އެއް މިލިއަން ރުފިޔާ ގައުމީ ޓީމަށް ދެއްވަވަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.

ގައުމީ ޓީމަށް އެއް މިލިޔަން ރުފިޔާ ހަދިޔާކުރެއްވުމަށް ރައީސް ނިންމެވިކަން ހާމަކުރެއްވީ، ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލު މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. މިނިސްޓްރު މަލީހު "ސަން" އަށް ވިދާޅުވި ގޮތުގައި، އެއް މިލިއަން ރުފިޔާ ގައުމީ ޓީމަށް ދިނުމަށް ރައީސް ނިންމެވީ ޕެނަލްޓީ ޖަހައިގެން 7-8 ލަނޑުން ރާއްޖެ މޮޅުވި މެޗު ގައުމީ ފުޓްބޯޅަ ދަނޑުގައި ބެއްލެވުމަށްފަހު އެވެ.

މިރޭގެ މެޗު ބައްލަވާލެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވެސް ގައުމީ ފުޓްބޯޅަ ދަނޑަށް ވަޑައިގެންނެވި އެވެ.

ސެމީ ފައިނަލަށް ރާއްޖެ ދިއުމުން ވެސް ރައީސް ވަނީ އެއް މިލިއަން ރުފިޔާ ގައުމީ ޓީމަށް ދެއްވާފަ އެވެ. އެ ފައިސާ ގައުމީ ޓީމަށް ހަވާލުކުރެއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައި ވަނީ ފައިނަލް ރާއްޖެ ދަތުރުކޮށްފިނަމަ އިތުރު އެއް މިލިއަން ރުފިޔާ ދެއްވާނެ ކަމަށެވެ.