29 May 2014, 18:59
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ތިން ސްޓޭޓް މިނިސްޓަރަކާއި ހަތަރު ނާއިބުން މަގާމުން ވަކިކުރައްވައިފިއެވެ.
ސަން އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާގޮތުގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ސްޓޭޓް މިނިސްޓަރުންގެ ތެރެއިން މަގާމުން ވަކިކުރައްވާފައި ވަނީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުބައިރުގެ އިތުރުން އެންވާރަ މެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ޝާހު އެވެ.
ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން މަގާމުން ވަކިކުރައްވާފައި ވަނީ ފިނޭންސް މިނިސްޓްރީގެ ނާއިބް ހުސައިން ޒާމިރާއި ހެލްތު މިނިސްޓްރީގެ ނާއިބް އާދަމް ޒާލިފާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ނާއިބް އަތުހަރު ހަލީމްގެ އިތުރުން ފޮރިން މިނިސްޓްރީގެ ނާއިބް އަލީ ހަމީދެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރު ފިޔަވައި އިތުރު ވަޒީރަކު ވަޒީފާއިން ވަކިކުރައްވާފައިނުވާ ކަމަށެވެ.