02 Jan 2011, 07:09
"ދަ ބެސްޓް ޕްރީޕެއިޑް"ގެ ނަމުގައި ވަތަނިއްޔާއިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވަތަނިއްޔާ އިން ބުނީ އިއްޔެ ފެށި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ނިޔަލަށް ކަމަށެވެ. ވަތަނިއްޔާ އިން ބުނީ އެ ޕްރޮމޯޝަންގައި ބައިވެރި ވުމަށް ވަތަނިއްޔާގެ ޑަބްލިއު ޕްރީޕެއިޑް ކަނެކްޝަނެއް އެކްޓިވޭޓް ކުރުމުން ލަކީޑްރޯއެއްގައި ބައިވެރި ވެވޭނެ ކަމަށެވެ. އަދި ލަކީޑްރޯގައި ގުރުއަތުން ނެގޭ 30 ފަރާތަކަށް ލަންކާ ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަތަނިއްޔާ އިން ބުންޏެވެ.
ވަތަނިއްޔާ ޑަބްލިޔު ޕްރީޕެއިޑް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ނެޓްވޯކަކަށް، ވެސް 79 ލާރި އަށް ގުޅޭނެ ކަމަށް ވަތަނިއްޔާ އިން ބުންޏެވެ.
"މި ޕެކޭޖް ސިމްޕަލް ވީމަ އެހާ ކަމުދަނީ. ކޮންމެ ދުވަހަކު ވަކި ވަރެއް ޚަރަދު ކުރައްވާކަށް ނުޖެހޭނެ ހާއްސަ ރޭޓްތަކުގައި ގުޅުއްވާކަށް. އަދި ހާއްސަ ރޭޓްގައި ގުޅުއްވާކަށް ދަންވަރުގެ ވަކި ވަގުތެއް ޖެހެންދެން މަޑުކުރައްވާކަށް ނުޖެހޭނެ. ވަތަނިއްޔާއިން އަބަދު ވެސް ބަލަނީ އަޅުގަނޑުމެންގެ ޚިދުމަތްތަކަކީ ހޭދަ ކުރައްވާ ފައިސާ އާއި އެކަށީގެންވާ ވަރުގެ ޚިދުމަތަކަށް ހަދަން" ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން ކޮމިއުނިކޭޝަން، އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވި އެވެ.
ވަތަނިއްޔާ އިން ބުނީ އެ ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ 30 ނަސީބުވެރިން އިޢުލާން ކުރުން އޮންނާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކަމަށެވެ.