29 May 2014, 13:41
އޭއެފްސީ ޗެލެންޖް ކަޕްގެ ފައިނަލްގައި ބައްދަލުކުރާ ދެ ޓީމްގެ ތެރެއިން ފަލަސްތީނު އަދި ތިން ވަނަ ހޮވާ މެޗްގައި ރާއްޖެ އާއި ބައްދަލުކުރާ ޓީމް ކަމަށްވާ އަފްޣާނިސްތާނުން އެ ޓީމްތަކަށް ކަނޑައަޅާފައިވާ މިންވަރަށް ޓިކެޓް ގަންނަން ބޭނުން ނުވާތީ ތިން ވަނަ އަދި ފައިނަލް މެޗްގެ ބާކީ ހުރި ޓިކެޓް ދިވެހި ސަޕޯޓަރުންނަށް ވިއްކާ ގޮތަށް އެފްއޭއެމުން ނިންމައިފި އެވެ.
އެފްއޭއެމް އިން ބުނީ، މި ދެމެޗުގެ ޓިކެޓް ވެސް ވިއްކުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން ހަވީރު 6:00 އަށް އެފްއޭއެމުން ނާއި ގަލޮޅު ދަނޑުން ނެވެ.
މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މިރޭ 9:00ގައި ބައްދަލުކުރާ ދެ ޓީމަކީ ރާއްޖެއާއި އަފްގާނިސްތާނެވެ. މެޗް ކުޅޭނީ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.
މުބާރާތުގެ ފައިނަލް މެޗުގައި މާދަމާ ރޭ 9:00ގައި ބައްދަލުކުރާ ދެ ޓީމަކީ ފަލަސްތީނާއި ފިލިޕީންސް އެވެ. މެޗް ކުޅޭނީ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.