ކްލަބް ފަރު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޓޫރިސްޓަކު އިއްޔެ ހެނދުނު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވެއްޖެ އެވެ.


ފުލުހުން ބުނީ މަރުވެފައި ވަނީ ޖަރުމަންގެ ރައްޔިތެއް ކަމަށްވާ އުމުރުން 45 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އޭނާ އެ ރިސޯޓަށް ޗުއްޓީ ހޭދަކޮށްލުމަށް ގޮސްފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.


ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ އިއްޔެ ހެނދުނު ފުލްމޫން ރިސޯޓު ކައިރިއަށް އޭނާ އާއި އިތުރު ޓޫރިސްޓުން ތަކަކާއެކު ސްނޯކްލިންއަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ. އެ ހާދިސާގައި މަރުވި ޓޫރިސްޓު އަންހެން މީހާ ފެނިފައި ވަނީ ދެފެން ދޭތެރޭގައި ހަރަކާތް ހުއްޓިފައި އޮއްވާ، އޭނާއާއިއެކު ސްނޯކްލިންއަށް ގޮސް އުޅުނު ބަޔަކަށް ކަމަށް ފުލުހުން ބުންޏެވެ.